ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ފުވައްމުލަކުގައި އަޅަނީ

ފުވައްމުލަކު ސިޓީގައި އަޅާ ކީރިތި ގުުރުއާނާ ބެހޭ މަރުކަޒުގެ ގޮފީގެ ކުރެހުމެއް--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕެއް ފުވައްމުލައް ސިޓީގައި އިމާރާތްކުރަން ނިންމައިފި އެެވެ.

އެ މަރުކަޒު އެޅުމަށް އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ މާރިސް ކޮންސްޓްރަކްޝަންއާ ހަވާލުވެސްކޮށްފަ އެވެ.

މިއަދު ހެނދުނު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި މާރިސް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދުއެެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.

ތިންސަތޭކަ ދުވަހުން ނިންމާގޮތަށް އެ މަސައްކަތް ހަވާލުކުރީ 6.2 މިލިއަން ރުފިޔާ އަށެެވެ.

ފުވައްމުލަކު ސިޓީގައި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް އެޅުމަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެެރެއިން--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ދެބުރީގެ އިމާރާތެއް ގޮތުގައި އަޅާ އެ އިމާރާތުގައި ހަތަރު ކްލާސް ރޫމަކާއި، އޮޑިޓޯރިއަމް އަކާއި، ލައިބްރަރީއެއް ހިމެނެ އެެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުގައި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ގާއިމްކުރެވިގެންދާއިރު އެ މަރުކަޒުތަކުގެ ގޮފިތަކުގައި ކިޔަވައިދެއްވަމުން ދާނީ ކިޔަވައިދިނުމުގެ ފެންވަރު ވަޒަންކޮށް ކޮލިޓީ ކޮންޓްރޯލް ކުރެވޭނެގޮތަށް ކަމަށެވެ.

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތަށް ރާއްޖޭގެ އެކި ރަށްރަށުގައި ވަނީ ޤާއިމްކޮށްފަ އެވެ. މިހާތަނަށް ޖުމްލަ 40 ގޮތްޕެއް ވަނީ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ހުޅުވާފަ އެވެ.

comment ކޮމެންޓް