"ލަވް އާޖް ކަލް"ގެ ލަވަ ބަައިލަމާ

ލަވް އާޖް ކަލް ގެ ޓްރެއިލާގެ މަންޒަރެއް---

ލޯބިވެރިންގެ ދުވަހު ރިލީޒްކުރުމަށް އަމާޒު ހިފާފައިވާ "ލަވް އާޖް ކަލް"ގެ ލަވައެއް ދައްކާލައިފިއެވެ.

ފިލްމުގެ ޓްރެއިލާ މިހާރު ދައްކާލާފައިވާއިރު އެ ޓްރެއިލާ އަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. ޕްރިތަމް ގެ މިއުޒިކަކަށް އަރިޖިތު ސިންގް އާއި ޝަޝްވަތު ސިންހް ކިޔާފައިވާ އެ ލަވައަކީ އިރުޝާދު ކާމިލްގެ ޅެމެކެވެ.

ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ސާރާ އަލީ ޚާން އާއި ކަރުތިކް އާރްޔަންއެވެ. ޑައިރެކްޓަރު އިމްތިއާޒް އަލީގެ އެ ފިލްމަކީ 2009 ވަނަ އަހަރު ރިލީޒްކުރި އިމްތިއާޒްގެ ފިލްމު "ލަވް އާޖް ކަލް"ގެ ސީކުއަލެކެވެ. ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ ސާރާގެ ބައްޕަ ކާމިޔާބު ބަތަލު ސައިފް އަލީ ހާންއާއި ދީޕިކާ ޕަދުކޯންއެވެ. މި ފިލްމުގައި ދެ ދައުރެއް ދައްކުވައިދޭނެ އެވެ. އެއީ 2020 އާއި 1990 އެވެ.

comment ކޮމެންޓް