ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން އުފައްދާ ބިރުވެރި ފިލްމު ކަމަށްވާ "ބޫތު: ޕާޓް ވަން - ހޯންޓެޑް ޝިޕް"ގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.
އަންނަ މަހުގެ 21 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ އެ ފިލްމަކީ ބާނޫ ޕްރަތާބް ސިންގް ޑައިރެކްޓްކޮށް އުފައްދާފައިވާ ފިލްމެކެވެ. މިހާރު ވަނީ މި ފިލްމުގެ ހުރިހާ މަންޒަރެއް ޝޫޓްކޮށް ނިމިފަ އެވެ. މި ފިލްމަކީ އެކި ބައިތަކުގެ މަތިން ގެނެސްދިނުމަށް ނިންމާފައިވާ ފިލްމެކެވެ.
އެ ފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ ވިކީ ކޯޝަލްއާއި ބޫމީ ޕަޑްރޭނާޔަކް އެވެ.
އެ ފިލްމަކީ ބޮލީވުޑުން އުފައްދާ ބިރުވެރި ފިލްމުތަކުގެ ތެރެއިން ތަފާތުވާނެ ފިލްމެއް ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެ އެވެ. މި ފިލްމަކީ ދަރްމާ ޕްރޮޑަކްޝަންސް އިން ރަސްމީކޮށް ފުރަތަމަ ފަހަރަށް ގެނެސްދޭ ބިރުވެރި ފިލްމެކެވެ.