އަޖޭގެ "މައިދާން" ޕޯސްޓަރުތަކުން ދައްކާލައިފި

މައިދާންގެ ޕޯސްޓަރެއް---

އަޖޭ ދޭވްގަން ލީޑު ރޯލުން ފެނިގެންދާ ފިލްމު "މައިދާން"ގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.

އަންނަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ސިނަމާތަކުގައި އެޅުވުމަށް އަމާޒުކޮށްފައިވާ އެ ފިލްމުގެ އަންހެން ލީޑުން ފެނިގެންދާނީ ދެކުނު އިންޑިއާގެ ފިލްމީތަރި ޕްރިޔަމަނީ އެވެ.

ބޯނީ ކަޕޫރާއި ޒީ ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ އެ ފިލްމު ޑައިރެކްޓްކުރަނީ އަމިތު ޝަރުމާ އެވެ. މި ފިލްމަކީ އިންޑިއާގެ ފުޓްބޯޅައިގެ ބައްޕަ ސައިދު އަބްދުއްރަހީމްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެ ފިލްމުގައި ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ބޯނީ ކަޕޫރު، އަކާޝް ޗައުލާ އަދި އަރުނާވާ ޖޯއީ އެވެ.

comment ކޮމެންޓް