މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް އަށް ދަރިއަކު ލިބިއްޖެ އެވެ.
އޭނާ އަށް ދެވަނަ ދަރިއަކު ލިބުނު ކަން އިންސްޓަގްރާމްގައި ހިއްސާކުރިއިރު އޭނާ ބުނީ އަންހެނުންނާ ދަރިފުގެ ހާލުވެސް ރަނގަޅު ކަމަށެވެ.
އޭނާ ވަނީ އިންސްޓަގްރާމްގައި ދަރިފުޅުގެ ފޮޓޯއެއް ވެސް ހިއްސާކޮށްފަ އެވެ. އާތިފަށް ދަރިއަކު ލިބުމުން އޭނާގެ ފޭނުން އަންނަނީ އޭނާ އަށް މަރުހަބާ ކިޔަމުންނެވެ.
އާތިފް އާ ސަނާ ބަރްވާނާ ކައިވެނިކުރީ 2013 ވަނަ އަހަރުގަ އެވެ. އެދެމީހުންގެ ފުރަތަމަ ދަރިފުޅު އަހަދު އަށް ފަސް އަހަރެވެ.