އެސްޓީއޯގެ އިޔާ އެންޑް ސޭލް: 50 ޕަސަންޓާ ހަމައަށް ޑިސްކައުންޓް!

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް--ފޮޓޯ/ އެސްޓީއޯ

އަހަރު ނިމޭ ދުވަސްވަރާ ދިމާކޮށް އެސްޓީއޯއިން ކުރިއަށްގެންދާ 'އިޔަރ އެންޑް ސޭލް' ފަށައިފިއެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި ބޭއްވި ހަފްލާއެއްގައި އެ ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ ރިސްކް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު މުހައްމަދު މުރާދުއެވެ.

މިއަދުން ފެށިގެން ޑިސެމްބަރު 31 ގެ ނިޔަލަށް އޮންނަ އެ ސޭލް، އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގެ އިތުރުން ރީޖަނަލް ފިހާރަތަކުގައި ވެސް ކުރިއަށް ދާނެއެވެ.

އެ ޕްރޮމޯޝަންގެ ތެރެއިން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި ރީޖަނަލް ފިހާރަތަކުން ގަންނަ މުދަލުން 50 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބިގެން ދާނެއެވެ.

މިއަހަރުގެ އިޔާ އެންޑް ސޭލްވެސް ނިމުމުން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް ބޮޑު ތިން އިނާމު ދިނުމަށް ރާވާފައިވާ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

އެގޮތުން އެއްވަނައަށް ހޮވޭ ފަރާތަކަށް ކަނޑައަޅާފައިވާ އިނާމަކީ ދެމީހަކަށް ހުރުމުގެ ޚަރަދާއެކު ޗެންނާއީ ދެކޮޅު ޓިކެޓެވެ.

ދެވަނައަށް ހޮވޭ ނަސީބުވެރި ފަރާތަކަށް އިނާމެއްގެ ގޮތުގައި އައިފޯން 11 އެއް ލިބޭ އިރު، ތިންވަނައަށް ހޮވޭ ފަރާތަކަށް ދެމީހެއްގެ ހުރުމުގެ ޚަރަދާއެކު ފުވައްމުލަކުގެ ދެކޮޅު ޓިކެޓް އިނާމެއްގެ ގޮތުގައި ލިބިގެންދާނެ އެވެ.

އެސްޓީއޯއިން ބުނީ އެ ދަތުރުތަކުގެ ޓިކެޓް ސްޕޮންސަރ ކޮށްދީފައިވަނީ މިއަހަރުގެ އިޔާ އެންޑް ސޭލްގެ ޕާޓްނަރު މޯލްޑިވިއަންއިން ކަމަށެވެ.

އެސްޓީއޯގެ އިޔާ އެންޑް ސޭލްއަކީ އެކުންފުނިން ބާއްވާ ދެވަނައަށް އެންމެ ބޮޑު ޕްރޮމޯޝަނެވެ.

comment ކޮމެންޓް