އެސްޓީއޯގެ ޝޯރޫމެއް ހުޅުމާލޭގައި ހުޅުވައިފި

އެސްޓީއޯގެ އިތުރު ޝޯރޫމް އެއް ހުޅުމާލޭގައި ހުޅުވައިފި-- ފޮޓޯ: އެސްޓީއޯ

ސުޓޭޓް ޓުރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކޮންސްޓްރަކްޝަނަށް ޚާއްސަކޮށް ހުޅުމާލޭގައި ޝޯރޫމެއް ރޭ ހުޅުވައިފިއެވެ.

ރޭ ބޭއްވި ހަފުލާއެއްގައި ހުޅުމާލެ ޝޯރޫމް ހުޅުވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމްއެވެ.

މި ހަފްލާގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު ވަނީ އެސްޓީއޯގެ ކުރިއެރުމުގައި ކުރީގެ މެނޭޖްމެންޓްތަކާއި، ބޯޑު މެމްބަރުންގެ ރޯލް ވަރަށް ބޮޑަށް ފަހާގަކޮށް އެކަމަށް ޝުކުރު އަދާ ކުރައްވައިފައެވެ.

އެސްޓީއޯގެ އިތުރު ޝޯރޫމް އެއް ހުޅުމާލޭގައި ހުޅުވައިފި-- ފޮޓޯ: އެސްޓީއޯ

ޒަމާނީ ފެންވަރަށް ރިނޮވޭޓްކޮށް ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޝޯރޫމް ހުޅުވައިފައިވަނީ ހަމަކުރިންވެސް އެސްޓީއޯ ހުޅުމާލެ ފިހާރަ ހުޅުވައިފައިވާ ތަނުގައެވެ. އެއީ ހޮސްޕިޓަލް ކައިރި ހުންނަ އެސްޓީއޯ ސްމާޓް ސްޓޯއާ ޖެހިގެންނެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނީގެ އާ ފިހާރައިން ވެސް، އިމާރާތްކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއްގެ އިތުރުން މަކިޓާ ޓޫލްސް، އަދި ނިޕޯން ފަދަ އެސްޓީއޯގެ އެންމެ މަގުބޫލު ބްރޭންޑްތައް ލިބެން ހުންނާނެ ކަމަށެވެ.

އެސްޓީއޯއަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތުގައި އެންމެ ބޮޑު އެއް ހިއްސާއެއް އަދާކުރާ ކުންފުންޏެވެ. އެގޮތުން އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއަކީ އެންމެ ފުޅާދާއިރާއެއްގައި އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު އެތެރެކޮށް ރައްޔިތުންނާ ހިސާބަށް ފޯރުކޮށްދޭ ކުންފުންޏެވެ.

މީގެ އިތުރުން ކޮލިޓީ ވަރުގަދަ މިކްސް ޑިޒައިނިންތަކުގެ ކޮންކްރިޓާއި، ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބްރޭންޑްކަމަށްވާ ކޯނޭ ލިފްޓް، އަދި މަކިޓާ ޓޫލްސް ފަދަތަކެތި އެތެރެކޮށް ރާއްޖޭގެ މާކެޓަށް ފޯރުކޮށްދެނީ އެސްޓީއޯއިންނެވެ.

އެސްޓީއޯއިން ބުނީ މަކިޓާ އަދި ނިޕޯން ޕެއިންޓްގެ އިތުރުން ކޮންސްޓްރަކްޝަން މެޓީރިއަލްސް އާއި ރެޑީމިކްސް ހުޅުމާލެ ޝޯރޫމުން އޯޑަރު ކުރެވޭނެ ކަމަށެވެ. އެއާއެކު އިމާރާތް ކުރުމަށް ބޭނުންވާ ޕްރޮޑަކްޓްތައް މިހާރު މާލެ ނައިސް ހުޅުމާލެ ޝޯ ރޫމްއިން ގަނެވޭނެކަމަށެވެ.

އަދި ކަސްޓަމަރު އިހްތިޔާރު ކުރާ ނިޕޯންގެ ކޮންމެ ކުލައެއް ތައްޔާރުކުރުންވެސް ވަގުތުން ކުރިއަށް ދާނެ އިންތިޒާމް މި ޝޯރޫމްގައި ވަނީ ހަމަޖެހިފައެވެ.

ހަމައެއާއެކު، މަކިޓާގެވެސް ހުރިހާ ރޭންޖެއްގެ ޕްރޮޑަކްޓް މި ޝޯރޫމްއިން ލިބޭނެކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން ބުނީ ހުޅުމާލޭ ޝޯރޫމް ވެގެންދާނީ ހުޅުމާލޭގައި ދިރިއުޅޭ މީހުންނާއި ކޮންސްޓްރަކްޝަން ސިނާއަތުގެ ބައިވެރިންނަށް ލިބިގެންދާ އިތުރު ކުރިއެރުމަކާއި ފަސޭހައަކަށް ކަމަށެވެ.

comment ކޮމެންޓް