"ލޮބުވެތި ނަބިއްޔާ"ގެ ނަމުގައި ޝެއިޚް އިލްޔާސްގެ ދަރުހެއް މާދަމާ ރޭ

ޝައިޚް އިލްޔާސް ހުސައިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދީނީ އިލްމުވެރިޔާ ޝައިޚް އިލްޔާސް ހުސައިންގެ ހާއްސަ ދަރުހެއް މާދަމާ ރޭ މާލޭގައި ބާއްވަން ތައްޔާރުވެއްޖެއެވެ.

އަދާލަތު ޕާޓީން އިސްނަގައިގެން ބާއްވާ މި ދަރުސްގެ ނަމަކީ "ލޮބުވެތި ނަބިއްޔާ"އެވެ.

މި ދަރުސް އޮންނާނީ މާދަމާ ރޭ 08:30 ގައި، އަލިމަސް ކާނިވަލުގައެވެ.

އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުނިޔެ ދެކެފައިވާ އެންމެ މާތް އިންސާނަކީ ލޮބުވެތި ނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމަ ކަމަށެވެ. އަދި މިކަމުގެ ހަގީގަތް، މާދަމާ ރޭގެ ދަރުސްގައި ގުރުއާނާއި ސުންނަތުގެ އަލީގައި ސާފުވެގެން ދާނެކަމަށް ވިދާޅުވިއެވެ.

އަލިމަސް ކާނިވަލުގެ ސްޓޭޓުގައި އިލްޔާސްގެ ދަރުހެއް ގިނަ ދުވަސްތަކަކަށްފަހު މާދަމާ ރޭ ބާއްވާ އިރު، އެންމެ ފަހުން އިލްޔާސްގެ ބޮޑު ދަރުހެއް އެތަނުގައި ބާއްވާފައިވަނީ 8 މޭ 2015 ގައެވެ.

ޝައިޚް އިލްޔާސް މިހާރު ގެންދަވަނީ މެލޭޝިއާގައި ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުންނެވެ.

މާދަމާ އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވަނީވެސް ޝައިޚް އިލްޔާސްއެވެ.

comment ކޮމެންޓް