ދެން ދަރިން ހޯދަން ކިމް ބޭނުމެއް ނުވޭ

ކިމް ކާޑޭޝަން --- ފޮޓޯ : އީ! އޮންލައިން

ރިއަލިޓީ ޓީވީތަރި ކިމް ކާޑޭޝަން ދެން އިތުރު ދަރިއެއް ބޭނުން ނުވާ ކަމަށް އޭނާ ބުނެފި އެވެ.

ކިމް އާއި އޭނާގެ ފިރިމީހާ ކާންޔޭ ވެސްޓްއަށް މިދިޔަ މެއި މަހުގައި ވަނީ ދަރިއެއް ލިބިފައެވެ. ސަރަގޭޓް މަންމައެއް މެދުވެރިކޮށް ކިމް އަށް މިފަހަރު ލިބުނީ ފިރިހެން ކުއްޖެކެވެ.

ސޯޝަލް މީޑިއާގައި ވާހަކަދައްކަމުން ކިމް ބުނީ އިތުރު ދަރިއެއް ދެން ބޭނުން ނުވާ ކަމަށެވެ. އެއީ އޭނާގެ ޝެޑިއުލް ހުންނަގޮތުނާއި އޭނާގެ ދަރީންނަށް ވަގުތު ދިނުމަށް ބޭނުންވާތީ ކަމަށް ކިމް ފާހަގަކުރި އެވެ.

ކިމްގެ ހަތަރު ދަރީން ތިބެއެވެ. އެ ހަތަރު ދަރީންގެ ތެރެއިން ސަރޮގެސީ މެދުވެރިކޮށް ވަނީ ދެ ދަރިއަކު ހޯދާފަ އެވެ.

ކިމްގެ އެންމެ ދޮށީ ދަރިއަކީ ހަ އަހަރުގެ ނޯތު އެވެ. ދެވަނައަށް ސެއިންޓް ހުރިއިރު ތިންވަނަ ދަރިއަކީ ޝިކާގޯއެވެ. އަދި އެންމެ ހަގު ދަރިއަށް ކިޔަނީ ސާމް އެވެ.

comment ކޮމެންޓް