ބޭސިކް ހޭންޑްބޯލް ކޯޗިން ކޯހެއް، ބައިވެރިވުން މުޅިން ހިލޭ

ހޭންޑްބޯލް މުބާރާތެއްގެ ތެރެއިން --- ސަން ފައިލް ފޮޓޯ

ޔޫތު މިނިސްޓްރީ އާއި ހޭންޑްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން މާލޭގައި "ބޭސިކް ހޭންޑްބޯލް ކޯޗިން" ކޯހެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހ.ބޯޅަގޭގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވުމަށް މިހާރު ހުޅުވާލާފައި ވާއިރު، ކޯހުގައި ބައިވެރިވުމަށް އެއްވެސް ފީ އެއް ދައްކާކަށް ނުޖެހެއެވެ.

އަށް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޯހުގައި ބައިވެރިކުރަން ނިންމާފައި ވަނީ 30 މީހުންނެވެ.

ކޯހުގެ ބައިވެރިންނަކީ އުމުރުން 16 އަހަރު ވެފައިވުމާއިއެކު ގްރޭޑް ހައެއްގެ ފެންވަރު ހުރި، ބޭސިކް އިނގިރޭސި ބަހުން މުއާމަލާތް ކުރަން އެނގޭ ބަޔަކަށް ވާން ޖެހޭނެ ކަމަށް ޔޫތު މިނިސްޓްރީ އިން މައުލޫމާތު ދެއެވެ.

ޔޫތު މިނިސްޓްރީގެ ވެބްސައިޓުން ކޯހުގައި ބައިވެރިވާން އެދޭ ފޯމު ލިބެން ހުރި އިރު، ފޯމު ހުށަހެޅުމުގެ ފަހު ތާރީޚަކީ މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.

comment ކޮމެންޓް