މަސައްކަތްތެރިންގެ ހައްގުގައި ހިނގާލުމެއް ބާއްވައިފި

މަސައްކަތްތެރިންގެ ހައްގުގައި މިއަދުގެ ބޭއްވި ހިނގާލުމުގެ ތެރެއިން -- ފޮޓޯ/ ޝޯޝަލް މީޑިއާ

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ގޮވާލައި ހިނގާލުމެއް މާލޭގައި ބާއްވައިފި އެވެ.

މެއި އެއް ވަނަ ދުވަހަކީ ކޮންމެ އަހަރަކުވެސް ފާހަގަ ކުރަމުން އަންނަ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހެވެ.

މިއަދު ފާހަގަ ކުރަމުންދާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ޓުއަރިޒަމް އެމްޕްލޯއިމެންޓް އެސޯސިއޭޝަނާއި މަސައްކަތްތެރިންގެ ޖަމިއްޔާތައް ގުޅިގެން މިއަދު ރަސްފަންނުން ފެށިގެން ބޭއްވި ހިނގާލުން ނިންމާލާފައިވަނީ، ކާނިވާ ސަރަހައްދަށެވެ.

ހިނގާލުމުގެ ބައިވެރިން ވަނީ، އެކި ޝުއޫރުތައް ލިޔެފައި ހުރި ޕޯސްޓަރުތަކާއި ބެނާތައް ހިފައިގެން މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދިނުމަށް ގޮވާލާ އަޑު އުފުލާފައެވެ. އެގޮތުން، ހިނގާލުމުގެ ބައިވެރިން ވަނީ މަސައްކަތެރިންނަ ހައްގުވާ އުޖޫރަ ދިނުމަށާއި އެންމެ ކުޑަ އުޖޫރަ ދިނުމަށް އަވަސް ކުރުމަށް އަޑު އުފުލާފައެވެ.

މަސައްކަތްތެރިންގެ ދުވަހަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ހިނގާލުމާ މުޒާހަރާ ކުރުމާއެކު ފާހަގަކުރާ ދުވަހެވެ.

ގުޅޭ ޓެގު
comment ކޮމެންޓް