10 މީހުންނާއެކު އެންމެ ގިނަ ކެންޑިޑޭޓުން މާފަންނު ހުޅަނގަށް!

މާފަންނު ހުޅަނގު ދާއިރާއަށް ޕާޓީތަކުން އަދި ޕާޓީތަކުގެ ތާއީދާއެކު ކުރިމަތިލާ ކެންޑިޑޭޓުން (މަތި، ކ-ވ) މުހައްމަދު ފަލާހު، ޑރ. އާއިޝަތު ރަފިއްޔާ، އަބްދުﷲ އަބްދުއްރަހީމް، (ތިރި، ކ-ވ) އިސްމާއިލް މާޖިދު، ގީލާ އަލީ، މުހައްމަދު ޝިނާން

އަންނަ އެޕްރީލަ މަހު ބާއްވާ މަޖިލިސް އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވަނީ މާލެ ސިޓީގެ މާފަންނު ހުޅަނގު ދާއިރާ އަށެވެ. އެންމެ ވާދަވެރި ދާއިރާގެ ގޮތުގައި ބެލެވޭ މި ދާއިރާއަށް ފަސް ސިޔާސީ ޕާޓީ އަދި އަމިއްލަ ގޮތުން 10 ބޭފުޅުން ވަނީ ކުރިމަތިލާފައެވެ.

މަޖިލިސް އިންތިހާބަށް މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ކުރިމަތިލުމަށް ހުޅުވާލުމުން، 87 ދާއިރާ އަށް 403 ކެންޑިޑޭޓުން ވަނީ ކެންޑިޑަސީ ފޯމު ހުށަހަޅަފައެވެ. އޭގެ ތެރެއިން އިލެކްޝަން ކޮމިޝަނުން ބަލައިގެންފައި ވަނީ، 395 ކެންޑިޑޭޓުންގެ ކެންޑިޑަސީ ފޯމެވެ.

މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި އެ ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު ފަލާހާއި، އެ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމާއި، ޕީއެންސީގެ ކައުންސިލް މެމްބަރު ގީލާ އަލީއާއި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު ޑރ. އާއިޝަތު ރަފިއްޔާގެ އިތުރުން ޔޫތު މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު މުހައްމަދު ޝިނާން (ނާނި) ހިމެނެއެވެ.

މީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ތާއީދާއެކު އެ ދާއިރާއަށް ކެންޑިޑޭޓަކު ކުރިމަތިލައްވައެވެ. އެއީ މ. ކޮކާވިލާ އިސްމާއިލް މާޖިދެވެ. މައުމޫނުގެ ކެންޑިޑޭޓުން މި އިންތިހާބުގައި ވާދަކުރަނީ އަމިއްލަ ގޮތުންނެވެ. ސަބަބަކީ، އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި މައުމޫނު އުފައްދަވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ރަޖިސްޓްރީކުރެވިފައި ނުވާތީއެވެ.

މާފަންނު ހުޅަނގު ދާއިރާއަށް ކުރިމަތިލެއްވި ކެންޑިޑޭޓުން:

  1. އެމްޑީޕީ: މުހައްމަދު ފަލާހު
  2. އެމްޑީއޭ: ޑރ. އާއިޝަތު ރަފިއްޔާ
  3. ޕީއެންސީ: ގީލާ އަލީ
  4. އެމްޓީޑީ: މުހައްމަދު ޝިނާން (ނާނި)
  5. ޑީއާރުޕީ: އަބްދުﷲ އަބްދުއްރަހީމް
  6. އަމިއްލަ: އިސްމާއިލް މާޖިދު، މ. ކޮކާވިލާ
  7. އަމިއްލަ: މުހައްމަދު ޝާހީން، މ. ޕެޓީބާޑު
  8. އަމިއްލަ: އަހްމަދު ޝަރީފް ޔޫސުފް، މ. ސަތާވަރީގެ
  9. އަމިއްލަ: އަހްމަދު ޝުއައިބު، މ. ނޫވިލާ
  10. އަމިއްލަ: އަހްމަދު ނިޒާމް، ހުޅުމާލެ އެންދެރި 3

ނޮޅިވަރަމް އަދި އިސްދޫ ދާއިރާއަށް ނުވަ ކެންޑިޑޭޓުން!

މާފަންނު ހުޅަނގަށްފަހު ދެން އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވަނީ، ނޮޅިވަރަމް ދާއިރާއަށާއި އިސްދޫ ދާއިރާއަށެވެ. އެއިން ކޮންމެ ދާއިރާއަކަށް ނުވަ ކެންޑިޑޭޓުން ކުރިމަތިލާފައިވެއެވެ.

ނޮޅިވަރަމް ދާއިރާގެ ކެންޑިޑޭޓުން:

  1. އެމްޑީޕީ: އަހްމަދު އަލީ
  2. ޖުުމްހޫރީީ: އިސްމާއިލް ނަސީރު
  3. ލޭބަރ: އިބްރާހިމް ރަމީޒް
  4. އަމިއްލަ: މުހައްމަދު ރަޝީދު (ހ. ގަދަގެ، މާލެ)
  5. އަމިއްލަ: އިގްބާލް އާދަމް (ގ. ވަށަފަރު، މާލެ)
  6. އަމިއްލަ: މުހައްމަދު ނަޝީދު އަބްދުﷲ (ފަޒާ، ހދ. ނޮޅިވަރަންފަރު)
  7. އަމިއްލަ: ހުސައިން އަރީފް (ދިވެހި، ހދ. ނޮރިވަރަން)
  8. އަމިއްލަ: އަބްދުﷲ ރަޝީދު (އިރުޒުވާގެ، ހދ. ނޮޅިވަރަން)
  9. އަމިއްލަ: ނާހިދު ހަސަން (ރޯޒްވިލާ، ހދ. ނޮޅިވަރަންފަރު)

އިސްދޫ ދާއިރާގެ ކެންޑިޑޭޓުން:

  1. އެމްޑީޕީ: އައްބާސް ސުލައިމާން
  2. ޖުމްހޫރީ: އަލީ ހަމީދު
  3. އަމިއްލަ: އިސްމާއިލް ޝަފީއު (ފެހިވިނަ، ލ. ކަލައިދޫ)
  4. އަމިއްލަ: އަހްމަދު ތޯހާ (ކުދިފޭރުވާދީ، ލ. ކަލައިދޫ)
  5. އަމިއްލަ: އަހްމަދު ރަޝީދު އިބްރާހިމް (ހ. ރަދުވާނިޔާ، މާލެ)
  6. އަމިއްލަ: މުހައްމަދު ޝަފީގު (އަޅިވިލާގެ، ލ. މާބައިދޫ)
  7. އަމިއްލަ: އހްމަދު އާސިފް (ސީސައިޑް، ލ. މާބައިދޫ)
  8. އަމިއްލަ: ހަސަން ޝައުގީ (ކެމޭލިޔާ، ލ. މާބައިދޫ)
  9. އަމިއްލަ: އިބްރާހިމް ޝިހާމް (ހ. ތިމާވެށި، މާލެ)

ނާވަރަވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ކުރިމަތިލަފައިވަނީ، 360 ފިރިހެންނާއި 35 އަންހެނުންނެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން 87 ދާއިރާއަށް ކުރިމަތިލާ އިރު، ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ކުރިމަތިލަފައިވަނީ 41 ދާއިރާއަށެވެ. އަދި އަދާލަތުން ނުވަ ކެންޑިޑޭޓުން ވާދަކުރާ އިރު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ތާއީދާއެކު އަމިއްލަ ގޮތުން 24 ދާއިރާއަކަށް ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، ޕީޕީއެމްގެ ފަރާތުން 26 ދާއިރާއަކަށް ކުރިމަތިލި އިރު، ކޮންގްރެސް ޕާޓީން ކުރިމަތިލާފައިވަނީ، 23 ދާއިރާ އަކަށެވެ. އަދި އެ ކޯލިޝަނާއެކު މަސައްކަތްކުރާ ޑީއާރުޕީން ފަސް ދާއިރާއަކަށް ކެންޑިޑޭޓުން ކުރިމަތިލާފައިވެއެވެ.

އިންތިހާބަށް ކުރިމަތިލީ މީހުން ބެހިގެންވާ ގޮތް:

  • އެމްޑީޕީ: 86 ކެންޑިޑޭޓުން
  • ޑީއާރުޕީ: 5 ކެންޑިޑޭޓުން
  • އަދާލަތު ޕާޓީ: 9 ކެންޑިޑޭޓުން
  • ޖުމްހޫރީ ޕާޓީ: 41 ކެންޑިޑޭޓުން
  • ޕީޕީއެމް: 26 ކެންޑިޑޭޓުން
  • އެމްޑީއޭ: 8 ކެންޑިޑޭޓުން
  • އެމްޓީޑީ: 10 ކެންޑިޑޭޓުން
  • ލޭބާ ޕާޓީ: 9 ކެންޑިޑޭޓުން
  • ޕީއެންސީ: 23 ކެންޑިޑޭޓުން
  • އަމިއްލަ ގޮތުން: 186 ކެންޑިޑޭޓުން
comment ކޮމެންޓް