ޝަލަބީގެ އާ ލަވަ ހާއްސަކުރީ ލޯބި ޖޯޑަކަށް

އީދު ދުވަހުގެ މުނާސަބަތާ ގުޅިގެން ޒުވާން މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމްގެ އާ ލަވައެއް ލަވަފޮށީ ގައި ރިލީޒްކޮށްފިއެވެ.

"ތިބާ ހީލީމާ" އަކީ އަބްދުﷲ މޫސާ (އައްޅޮ) އާއި އައިސްތުގެ ލޯބީގެ ވާހަކަތައް ކިޔައިދޭ ހާއްސަ ލަވައެކެވެ. އަމިއްލަ ރާގަކަށް ތައްޔާރުކޮށްފައިވާ އެ ހިތްގައިމު ލަވައިގެ މެލޮޑީއާއި މިއުޒިކް ހަދާފައި ވަނީ ވެސް އައްޅޮ އެވެ.

ދެމަފިރިންގެ ލޯބީގެ އެތައް ވާހަކައެއް ކިޔަދޭ އެ ލަވަ މިހާރު ލަވަފޮށިން އިވިގެންދާނެއެވެ. މި ލަވައަކީ ހަގީގީ ހާދިސާ އަކަށް ތައްޔާރުކޮށްފައިވާ ލަވައެކެވެ. ލަވައިގެ ލިރިކްސް ހަދާފައިވަނީ އާމިރު ސަލީމް (ހޯރަފުށި) އެވެ.

އައިސްތު އަކީ އައްޅޮގެ އަންހެނުންނެވެ. ނުކުޅެދުންތެރިކަމެއް އައިސްތުގެ ހުރިކަމުގައި ވީނަމަވެސް އޭނާ އަކީ އައްޅޮ އެންމެ ލޯބިވާ އެއް ފަރާތެވެ. ލަވައިން އެދަފިރިންގެ ލޯބީގެ ގިނަ ވާހަކަތައް ކިޔައިދޭނެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ރިއަލިޓީ ޝޯ "މޯލްޑިވިއަން އައިޑަލް"ގެ ދެވަނަ ހޯދި ހުނަރުވެރި ލަވަކިޔުންތެރިޔާ ޝަލަބީ އަންނަނީ ގިނަ ލަވަތަކެއް ނެރެމުންނެވެ.

comment ކޮމެންޓް