އެމްޑީޕީން މަސައްކަތް ފަށާއިރަށް އެންމެ ފުރަތަމަ ފިންގާ ޕްރިންޓް ޖަހާނީ އަޅުގަނޑު: ރީކޯ މޫސަ

ރީކޯ މޫސާ މަނިކު އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ ---- ފައިލް ފޮޓޯ

އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާގޮތުގެމަތިން 23،058 މެމްބަރުންގެ އިނގިލީގެ ނިޝާން ހޯދަން އެމްޑީޕީން މަސައްކަތް ފަށާއިރަށް އެންމެ ފުރަތަމަ އިނގިލީގެ ނިޝާން ޖައްސަވާނީ އޭނާ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ރީކޯ މޫސާ މަނިކު މިރޭ ސަން އަށް ވިދާޅުވީ އޭނާ އަކީ އަބަދުވެސް އެމްޑީޕީގެ މެމްބަރެއް ކަމަށެވެ.

"ޔަގީނެއްނު ޖަހާނެ ކަން އަޅުގަނޑު. އެމްޑީޕީން އެ މަސައްކަތް ފަށާއިރަށް އެންމެ ފުރަތަމަ މީހަކަށް ޖަހާނަން އަޅުގަނޑު،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ، އޭނާ އެދިވަޑައިގަންނަވަނީ އިނގިލީގެ ނިޝާން ޖަހަން ދީފައިވާ މުއްދަތު އެއް އަހަރު ދުވަހަށް އިތުރުކޮށްދިނުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ، ޑިޕާޓްމަންޓު އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގައިވާ ދިވެހި ރައްޔިތުންގެ ދަފްތަރާއި ޑިޕާޓްމަންޓު އޮފް ނޭޝަނަލް ފްލޭނިންގްގައި ވާ ދިވެހި ރައްޔިތުންގެ ދަފްތަރު އަދި އިލެކްޝަންސް ކޮމިޝަންގައިވާ ރައްޔިތުންގެ ދަފްތަރު ދިމާވާންޖެހޭނެ ކަމަށެވެ. ނަމަވެސް ނިމިިދިޔަ ރިޔާސީ އިންތިޚާބުގައި އެ ތިން ދަފްތަރު ދިމާނުވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގައި ބުނެފައިވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

comment ކޮމެންޓް