ޑރ. މަޖީދު އަލުން އަދާލަތު ޕާޓީއާ ގުޅިވަޑައިގެންފި

ޑރ. މަޖީދު (މ) އަދާލަތު ޕާޓީގެ އިސްވެރިންނާއެކު: ސަން ފައިލް ފޮޓޯ

އެމްޑީޕީ ސަރުކާރުގެ އިސްލާމިކް އެފެއާޒް މިނިސްޓަރުކަން ކުރެއްވި ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީ އަލުން އަދާލަތު ޕާޓީއާ ގުޅިވަޑައިގެންފި އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ޑރ. މަޖީދު އޭނާ އެންމެ ކުރިން ހުންނެވި އަދާލަތު ޕާޓީއާ ގުޅިވަޑައިގަތީ އިއްޔެގެ ވަގުތެއްގައި އެވެ. އޭނާ އަކީ އަދާލަތު ޕާޓީގެ އެއް ފައުންޑާ މެމްބަރެއް ވެސް މެ އެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ޑރ. މަޖީދު އެ ޕާޓީން ވަކިވެވަޑައިގަތީ 2013 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު އެވެ.

އަލުން އަދާލަތު ޕާޓީއާ ޑރ. މަޖީދު ގުޅިވަޑައިގެންނެވި އިރު އޭނާ ވަނީ ސަރުކާރާ ދެކޮޅަށް އެމްޑީޕީން ހިންގާ ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައިގެން ބައެއް ޖަލްސާތަކުގައި ސަރުކާރަށް ފާޑު ވިދާޅުވެ ވާހަކަފުޅު ވެސް ދައްކަވާފައި އެވެ.

comment ކޮމެންޓް