އަނެއްކާވެސް ބޮސް މިއޮތީ އާ ރެކޯޑެއް ހަދައިފަ އެވެ. ބޮސްގެ ޓްރެއިލާ ބެލިމީހުންގެ އަދަދު މިހާރު ވަނީ 322،000 އަށް އަރައިފަ އެވެ. ބޮސްގެ ތްރެއިލާ އަށް ލިބުނު ތަރުހީބާ އެންމެ ގާތަށް ވެސް ފިލްމެއްގެ ޓްރެއިލާއަކަށް ވިއުސް ލިބިފައި ވަނީ 4426ގެ ޓްރެއިލާ އަށެވެ. އެ ފިލްމުގެ ޓްރެއިލާއަށް މިހާތަނަށް 223000 ވިއުސް ލިބިފައިވެ އެވެ.
ބޮސް އަށް ލިބެމުން މިދާ ތަރުހީބަކީ ދިވެހި ސިނަމާގެ އަހުލުވެރިން އަދިވެސް ތިބީ ނަހޫ ސްޓައިލްގެ ލޯބީގެ ފިލްމުތަކަށް ދެވި ހިފާފައިކަން ސާބިތުކޮށްދޭ ކަމެކެވެ.
މިދިޔަ މަހުގެ 31 ގައި އޮލި،ްޕަސް ސްކްރީނަށް ގެނައި ކްރިސްޓަލް އެންޓަޓެއިންމެންޓްގެ ބޮސް އަދިވެސް އަންނަނީ ހައުސްފުލް ޝޯތައް ދައްކަމުންނެވެ. މާލޭގެ އިތުރުން އަތޮޅު ތެރެއަށް ވެސް "ބޮސް ރޯގާ" ފެތުރިފައިވާއިރު ބައެއް ރަށްތަކުން ޝޯތައް ހައުސްފުލްވެ، ޝެޑިއުލް ކޮށްފައިވާ ވަރަށް ވުރެ ގިނަ ޝޯތައް ދެއްކުމަށް ވަނީ ތާވަލްކޮށްފަ އެވެ.
ބޮސްގެ ތަރިން ވެސް ތިބީ މި ފިލްމަށް ލިބެމުންދާ ތަރުހީބާމެދު ހިތްހަމަޖެހި ފަޚުރުވެރިވެފަ އެވެ. މިއީ އެމީހުންގެ ފިލްމީ ކެރިއަރުގައި ލިބުނު ރަނުގެ ފުރުސަތެއް ކަމަށް އެތަރިން ބުނެ އެވެ.
މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރު ފާތިމަތު ނަހުލާ (ނަހޫ)ގެ "ބޮސް"ގެ ތީމް ލަވަ ނެރުމުގެ ގޮތުން ބޭއްވި ހަފްލާގެ ތެރެއިން---ސަން ފޮޓޯ/ މުހައްްމަދު އަފްރާހް
ބޮސްގެ ލީޑް ރޯލުން ފެނިގެން ދިޔަ މަރިޔަމް އައްޒަ (އިބާ) ހަމަގައިމު ވެސް ހުރީ ބޮސް ކުޅެވުނު ކަމާމެދު ނުހަނު އުފަލުންނެވެ. ސަން އާ ވާހަކަ ދައްކަމުން އައްޒަ ބުނީ ފިލްމު ބަލާފައި ނިކުތް މީހުން އިބަ ކެރެކްޓާދެކެ "ލޯބި ވެފައި" ތިބި ކަމަށެވެ. ފިލްމުގައި އައްޒަގެ ޕާފޯމަންސް އަށް ބެލުންތެރިންގެ ތަރުހީބު ލިބެމުން އަންނަ ކަމަށާއި ފިލްމު ބެލި ހުރިހާ މީހުންވެސް ތިބީ އައްޒަގެ އެކްޓިން އާ މެދު ހިތްހަމަ ޖެހިފައި ކަމަށް އައްޒަ ބުންޏެވެ.
"އައްޒަ އަކަށް ނާދޭ އެއްވެސް ނެގެޓިވް ކޮމެންޓެއް އިބާގެ ރޯލާ ގުޅިގެންނެއް. ފޭސްބުކް އާ އިންސްޓަގްރާމް އާ ހުރިހާ އެއްޗަކުން ވަރަށް ގިނަ މީހުން މެސެޖްކުރޭ މީހުން ފިލްމުގައި އައްޒަގެ ރޯލާމެދު ހިތްހަމަ ޖެހޭ ކަމަށް ބުނެ. މީހުން ފިލްމު ބަލާފައި ނިކުންނަނީ ފިލްމުދެކެ ލޯބިވެ ފިލްމަށް ބޮސްދެމުން،" އައްޒަ ބުނީ ފިލްމު ބެލި 80 ޕަސެންޓް މީހުން "ފިލްމަށް ބޮސްދޭހާ ފިލްމު ލޯބި" ކަމަށް ބުނެފައިވާ ކަމަށެވެ.
އައްޒަ ބުނީ ބޮސް އަކީ އޭނާގެ ފިލްމީ ކެރިއަރުގައި ފާހަގަ ކުރަންޖެހޭ ވަރުގެ ކާމިޔާބީއެއް ކަމަށެވެ. ފިލްމު ބަލާފައި ނިކުންނަ މީހުންގެ ފަރާތުން ލިބޭ ލޯތްބަށް ބެލިނަމަވެސް، މިއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އައްޒަ ސިފަކުރެ އެވެ. "ފިލްމު ބަލާފަ ވަރަށް ގިނަ މީހުން ބުނާ އެއްޗެއް އެއީ އެއްފަހަރު ކީއްކުރަންހޭ، ބައިވަރު ފަހަރުވެސް މި ފިލްމު ބަލަން ދާނަމޭ" ފިލްމު ބޮސް ގައި އައްޒަގެ ހިއްސާ އެއް ހިމެނޭތީ އައްޒަ ހުރީ ނުހަނު އުފަލުންނެވެ.
"ބޮސްގެ ޓްރެއިލާ ބެލި 320،000 މީހުންނަށް ބޮހަކުން ޝުކުރިއްޔާ ބުނަން ބޭނުންވޭ،" އައްޒަ ބުނީ ތިން ލައްކަ އަށް ވުރެ ގިނަ ދިވެހިން ބޮސްގެ ޓްރެއިލާ ބެލުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ. "ނަހޫ، ރިޝްމީ (ކުޑަ ދައްތަ)،ގެ އިތުރުން ހުރިހާ ބެލުންތެރިންނަށް ޝުކުރިއްޔާ. ފިލްމާ ގުޅިގެން އެންމެ ގިނަ މީހުން ބުނާ އެކައްޗަކީ މިއީ އައްޒަގެ އެންމެ ބެސްޓް ޕާފޯމަންސްއޭ. އެހެންވީމާ ކޮންމެ ފިލަމަކަށް ވެސް އައްޒަ ފޭ އައްޒަގެ ބެސްޓް މީހުން ބަލައިގަންނަ ކަމަށް ގަބޫލު ކުރަން،" ބޮސްގެ ދަތުރުގައި އައްޒައަށް ނަހުލާ އަދި ރިޝްމީގެ ފަރާތުން ލިބުނު އެހީ އާއި އެއްބާރުލުން ތަކުރާރުކޮށް ފާހަގަ ކުރި އެވެ.
މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރު ފާތިމަތު ނަހުލާ (ނަހޫ)ގެ "ބޮސް"ގެ ތީމް ލަވަ ނެރުމުގެ ގޮތުން ބޭއްވި ހަފްލާގެ ތެރެިން---ސަން ފޮޓޯ/ މުހައްްމަދު އަފްރާހް
ބޮސްގައި މުހިއްމު ރޯލަކުން ފެނިގެންދިޔަ އެއް ތަރިއަކީ އަލީ އާޒިމް (ދޮން އައްޔަ) އެވެ. އޭނާ ކުޅެފައިވާ އަބޯގެ ކެރެކްޓާ އަކީ ބޮސް އަށް އިތުރު ދިރުމެއް ގެނެސްދިން ކެރެކްޓާއެކެވެ. ބޮސް އާ ގުޅޭގޮތުން އައްޔަ ބުނީ ބޮސް އިން އޭނާ އަށް ލިބެމުން އަންނަ ތަރުހީބަކީ މީގެ ކުރިން އެއްވެސް ފިލްމަކުން ލިބުނ ތަރުހީބަކަށްވުރެ ބޮޑު ތަރުހީބެއް ކަމަށެވެ.
"މި ފިލްމުން މި ލިބެނީ މީގެ ކުރިން އައްޔަ އަށް ދުވަހަކު ވެސް ނުލިބޭ ވަރުގެ ތަރުހީބެއްް. މިވަރު ކަމެއް އައްޔަގެ މުޅި ފިލްމީ ހަޔާތުގައިވެސް ނުދެކެން. މުޅި މި ފިލްމަށް މި ލިބެނީ ހީވެސް ނުކުރާ ވަރުގެ ތަރުހީބެއް. ރަށް ރަށުން މަރުހަބާ ކިޔުމާ (ފިލްމު އަޅުވަން ދިއުމުން) ކަންތައްވެސް ވަރަށް ފޯރީގައި ކުރިއަށް ދަނީ." ބޮސް އަތޮޅުތެރޭ ރަށްރަށުގައި ސްކްރީން ކުރުމަށް ރަށްރަށަށް ދާ މީހެއްގެ ހައިސިއްޔަތުން އައްޔަ ބުނީ ރަށްރަށުގައި ފިލްމު ރިޕީޓްކޮށް އެޅުވުމަށްވެސް މީހުން އެދެމުން ދާ ކަމަށެވެ.
"މި ފުރުސަތުގަ ނަހޫ އާ ރިޝްމީ، އައްޒަ އަދި ޖިމީ އަށާ ރަވީ އަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން. އައްޔަ ގެ ފޭން ބޭސް ބޮސްގެ ސަބަބުން ވަރަށް ބޮޑަށް އިތުރު ވެއްޖެ. ސަޕޯރުންނަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ"
މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރު ފާތިމަތު ނަހުލާ (ނަހޫ)ގެ "ބޮސް"ގެ ތީމް ލަވަ ނެރުމުގެ ގޮތުން ބޭއްވި ހަފްލާގެ ތެރެިން---ސަން ފޮޓޯ/ މުހައްްމަދު އަފްރާހް
ބޮސްގައި އެންމެ ތަފާތު ރޯލަކުން ފެނުނު ތަރިންގެ ތެރޭ އިބްރާހިމް ޖިހާދު (ޖިމީ) ހިމެނެއެވެ. މާއިޝްގެ ކެރެކްޓާއަށްބެސް ބެލުންތެރިންގެ ފަރާތުން ބޮޑު ސަޕޯޓެއް ލިބެމުން އަންނަކަން ޖިމީ ފާހަގަ ކުރެއެވެ. މި ފިލްމުގައި ޖިމީ ފެނިގެން ދިޔަ ކެރެކްޓާ އަކީ ޖިމީއާ ގުޅޭ ކަހަލަ ކެރެކްޓާއެއްކަން ބެލުންތެރިން ފާހަގަ ކުރެއެވެ.
"އަބަދުވެސް ބުނަން މިވަރުގެ ލޯބި ފިލްމެއް މިއަހަރަކު ނުނިކުމެޔޭ، އެކްޓިން ދެއްކުނު ގޮތާ ދޭތެރޭ ހިތްހަމަ ޖެހޭ، ނަހޫގެ ދެފިލްމު ކުޅެވުނު އިރު އެ ދެފިލްމު ގައި ދެއްކުނު އެކްޓިން އާ ދޭތެރޭ ވެސް ހިތްހަމަޖެހޭ،"
މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރު ފާތިމަތު ނަހުލާ (ނަހޫ)ގެ "ބޮސް"ގެ ތީމް ލަވަ ނެރުމުގެ ގޮތުން ބޭއްވި ހަފްލާގެ ތެރެިން---ސަން ފޮޓޯ/ މުހައްްމަދު އަފްރާހް
ބޮސްގައި އެންމެ ގިނަ ބައެއްގެ ލޯ ހުއްޓުނީ ފާތުމަތު އާޒިފާ (އަޒޫ)ގެ އެކްޓިން އަށެވެ. ބޮސްގައި އަޒޫ ދައްކާދީފައިވާ ޖޫންގެ ކެރެކްޓާ އަކީ އޭނާ މިހާތަނަށް ކުޅުނު އެންމެ ވަރުގަދަ ކެރެކްޓާކަމަށް އަޒޫ ވެސް ބުނެއެވެ.
"ބޮސްގައި ކުޅެވުނު ކެރެކްޓާ އާމެދު ވަރަށް ހިތްހަމަ ޖެހިފަ މިހުރީ. އެއީވެސް ހަމަ ވަރަށް ތަފާތު ކެރެކްޓާއެއް. ވަރަށް ފުރިހަމަ ޑައިލޮގްތަކެއް ހުރެފަ އެ ޑައިލޮގްތަކާ އެއްވަރަށް އެކްޓިން ވެސް ދެއްކިފަ ހުރީމަ، ޖޫން ޖޫންގެ ގޮތުގައި އެ ފެނުނީ، މި ޕްރޮޖެކްޓްގެ ބަޔަކަށް އަޒޫވީމަ ވަރަށް ހިތްހަމަ ޖެހިފަ މިހުރީ" އަޒޫ ބުނީ ބެލުންތެރިންގެ ފަރާތުންވެސް ފިލްމަށާއި ފިލްމުގެ ޑައިލޮގްތަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.
މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރު ފާތިމަތު ނަހުލާ (ނަހޫ)ގެ "ބޮސް"ގެ ތީމް ލަވަ ނެރުމުގެ ގޮތުން ބޭއްވި ހަފްލާގެ ތެރެިން---ސަން ފޮޓޯ/ މުހައްްމަދު އަފްރާހް
ބޮސްގެ އެންމެ ހާއްސަ ކަމަކީ އެ ފިލްމުގެ ލީޑް ރޯލުން ފެނިގެންދިޔަ އާ ތަރި މުހައްމަދު ޔުނާން އެވެ. އިމޯޝަނަލް ކެރެކްޓާ އަކުން ޔުނާން ފެނިގެން ދިޔައޮރު އެ އިހްސާސްތައް އޭނާ އެންމެ ފުރިހަމައަށް ޑެލިވާ ކޮށްދީފައިވާކަމަށް ބެލުންތެރިން ބުނެއެވެ. ޔުނާން އަށް ތައުރީފްކޮށް ފިލްމު ބަލަން ދިޔަ މީހުން ސިނަމާ އިން ނުކުމެ ވާހަކަ ދައްކާ ހަދާއިރު ފޭސްބުކް ފަދަ ސޯޝަލް މިޑިއާގެ ޕްލެޓްފޯމްތަކުގައި ވެސް ގިނަ ބަޔަކު އަންނަނީ ޔުނާން އަށް ތައުރީފްކޮށް ވާހަކަ ދައްކަމުންނެވެ.
އަޒޫގެ ވާހަކައާ ދެބަސް ވެވޭކަމަށް ނެތެވެ. ބޮސް ބަލަން ވަދެފައި ނިކުންނަ މީހުންގެ ދޫދޫ މަތިން އެ ފިލްމުގެ ވަރުގަދަ ޑައިލޮގްތައް އިވޭއިރު ގިނަބައެއްގެ ފޭސްބުކް ސްޓޭޓަސްތަކުގައި ވެސް މިހާރު ހުންނަނީ ބޮސްގެ ޑައިލޮގްތަކެވެ. ހަމަގައިމު ވެސް މިއީ މިއަހަރު ނިކުތް އެންމެ ވަރުގަދަ ފިލްމުކަމަށް މިހާރު މިވަނީ ގަބޫލުކުރަން ޖެހިފަ އެވެ.