މާލޭގެ ތިން ސަރަހައްދަކުން ފޭރުނު އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފި

ފޭރުނު ބަޔަކު ހައްޔަރުކުރަނީ

މާލޭގެ ތިން ސަރަހައްދަކުން ފޭރުނުކަމުގެ ތުހުމަތުގައި އަންހެނަކާއި ފިރިހެނެއް ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނުގެ ވަގުތެއްގައި ތިން ސަރަހައްދަކުން ފޭރުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 38 އަހަރުގެ އަންހެނަކާއި 28 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެމީހުން ހައްޔަރުކޮށްފައިވާ އިރު އެމީހުން ފޭރުނު ތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މީގެ ހަތަރު ދުވަސްކުރިން ވަނީ މީހަކު އަތުން ފައިސާތަކެއް ފޭރުނު ކަމުގެ ތުހުމަތުގައި 24 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ އަންހެނެއް ހައްޔަރުކޮށްފަ އެވެ.

މާލޭގެ ގިނަ ސަރަހައްދުތަކަކުން ހުއްޓުވުމަށްފަހު ތަފާތު ގޮތްގޮތަށް ބިރުދައްކައިގެން ފޭރުމުގެ މައްސަލަތައް ވަނީ ދާދިފަހުން ކުރިމަތިވެފަ އެވެ.

comment ކޮމެންޓް