މާފަންނު ފުލުހުންގެ އިދާރާ ހުންނަ ސަރަހައްދު ތަރައްގީކުރަން ބަންދުކުރަނީ

މިރެއިން ފެށިގެން މަގު ތަރައްގީކުރުމަށް ފުލުހުން ބަންދުކުރާ ސަރަހައްދު ---

މާފަންނު ފުލުހުންގެ އިދާރާ ހުންނަ ސަރަހައްދު ތަރައްގީކުރުމަށްޓަކައި އެ ސަރަހައްދު ބަންދުކުރާތީ، ޓްރެފިކަށް ބަދަލު ގެނެސްފިއެވެ.

ފުލުހުން ބުނީ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ނުވަތަ މާފަންނު ފުލުހުންގެ އިދާރާ ހުންނަ ސަރަހައްދު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތަށް މިރޭ ދަންވަރުން ފެށިގެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފުލުހުން އާންމުކުރި ޗާޓުގައިވާ ގޮތުން އެމްޕީއެލްގެ ކުރިމަތީގައި އޮންނަ ސަރަހައްދާއި އައްސޭރި ހިނގުމުގައި އުޅަނދުފަހަރު ދުއްވުން މަނާވާނެއެވެ. އަދި ގަނދަކޯޅި ހިނގުމާއި ބަނދަރުމަތީ ހިނގުމުގައި އުޅަނދުފަހަރު ޕާކުކުރުން ވެސް މަނާވާނެއެވެ. އޭގެ އިތުރުން ހަވީރީ ހިނގުމުން ހުޅަނގަށް ދަތުރުކޮށް ގަނދަކޯޅި ހިނގުމުން ލަނބައިލައި ބޮޑުތަކުރުފާނު މަގަށް ނިކުމެ ދަތުރުކުރެވޭނީ އިރުމައްޗަށެވެ.

މިވަގުތު ވެސް ސުނާމީ ބިނާ ހުންނަ ސަރަހައްދުން ފެށިގެން ކުރިން ވެސްޓް ޕާކު ހުރި ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެމްޓީސީސީން އަދިވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެ ސަރަހައްދު ބަންދުކޮށްފައި އޮންނަތާ މިހާރު ހަފުތާތަކެއް ވެއްޖެއެވެ.

https://sun.mv/228624

ފާހަގަކުރެވޭ ގޮތުގައި އެމްޓީސީސީން ވަނީ މާރުކޭޓު ސަރަހައްދުން ފެށިގެން ހުޅުމާލޭ ފެރީ ޓާމިނަލާ ދެމެދު އޮތް ސަރަހައްދު ފުޅާކޮށް، އެ ތަނުގައި ތާރު އަޅައި، ޕާކުކުރެވޭނެ ޖާގައާ ވެސް އެކީ ޒަމާނީ ފެންވަރަކަށް އެ ސަރަހައްދު ތަރައްގީކޮށްފައެވެ.

ސަރުކާރުން މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ ގޮތުން މިހާރު އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ޗައިނާ ސަރުކާރުގެ އެހީގައި މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށްވެސް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް