ހިކެން ބޭނުންނަމަ މި ބުއިންތަކާ ދުރުވޭ

މިއީ ބަރުދަން ލުއިކުރަން ބޭނުންވާ ބައެއް މީހުން ވަރަށް އާންމުކޮށް ބޯ ބުއިން ތަކެވެ. ނަމަވެސް ހީވެސް ނުކުރާ ފަދަ އަދަދަކަށް ކެލަރީސް މި ބުއިންތަކުގައި ހިމެނޭކަން އޭގެން މަދު ބަޔަކަށް ނޫނީ ނޭނގެ އެވެ.

ސިކްމް މިލްކް، ޑައިޓް ސޯޑަރ، ނުވަތަ ސިއްހަތަށް ފައިދާ ހުންނަ ކަމަށް އެންމެން ވެސް ބުނާ ހެލްދީ ފުރުޓް ޖޫހުގައި ފޮރުވިފައި ހުންނަނީ ކިހާ ކެލަރީއެއްތޯ ބަލައިލަމާތޯއެވެ.

ޑައިޓް ސޮފްޓް ޑްރިންކް

"ޑައިޓް' ނުވަތަ "ޒީރޯ ޝުގަރ" ޖަހާފައި ހުރުމުން އެއީ ހިކެން ބޭނުންވާ މީހުންނަށް ހެލްދީ ބުއިމެއްގެ ގޮތުގައި އިހުތިޔާރުކުރެވެއެވެ. ނަމަވެސް މިބުއިން ތަކުން އެއަށްވުރެ ބޮޑަށް ގެއްލުން ލިބޭކަމަށް ކަމާގުޅޭ މާހިރުން ބުނެއެވެ.

އެގޮތުން ކެލޮރީ-ފްރީ ބުއިންތަކުގެ ގޮތުގައި ހިމެނޭ ޑައިޓް ކޯކް ނުވަތަ ސްޕްރައިޓް ޒީރޯ އިން މީހާ ވަރަށް ބޮޑަށް ބަނޑުހައިކޮށްދެއެވެ. އެކަމުގެ ސަބަބުން އިތުރަށް ކާހިތްވެއެވެ.

އިންޓަރނޭޝަނަލް ޖަރނަލް އޮފް އޮބޭސިޓީ ގައި ޝާއިރު ކޮށްފައިވާ ޖަރނަލްއެއްގައި ބުނެފައިވާ ގޮތުގައި، ޑައިޓް ބުއިމެއްގެ ގޮތުުގައި ހަކުރު ހުރި ބުއިން ބޭނުން ނުކުރުމުން ބަރުދަން ލުއިކޮށްލިއަސް އޭގެ އަނެއްކޮޅުން ކެވޭލެއް ގިނަކަމުން ބަރުދަން އިތުރުވެގެންދެއެވެ.

ޖޫސް

އެކި ކަހަލަ ޖޫސް ހާއްސަކޮށް މޭވާގެ ބާވަތްތަކުން ހަދާފައި ހުންނަ ޖޫސް ތަކުގައި ގިނަ އަދަދަކަށް ހަކުރު ހިމެނެ އެވެ.

ވިމެންސް ހެލްތް އަށް ހާވަރޑް މެޑިކަލް ސްކޫލުގެ ޕްރޮފެސަރ ޑަރ ޑޭވިޑް ލުޑްވިގް ބުނެފައިވާ ގޮތުގައި އެއް ތަށި މޭބިސްކަދުރު ޖޫހުގައި ނުވަ ސައިސަމުސާ ހަކުރު ހިމެނޭއިރު، އެއް ތަށި އޮރެންޖު ޖޫހުގައި ހަ ސައިސަމުސާ ހަކުރު ހިމެނެއެވެ. އަދި އެއް ތަށި އާފަލު ޖޫހުގައި ހަތް ސައިސަމުސާ ހަކުރު ހިމެނެއެވެ. އެހެން ކަމުން ޖޫސް ބުއިމުގެ ސަބަބުން ބްލަޑް ޝުގަރ ކުށްލި އަކަށް މަތިވެގެން ގޮސް އަލުން މިހާ ނޯމަލް ވާއިރު ހުންނާނީ ވަރަށް ބޮޑަށް ކާރބްސް އަށާއި ހަކުރު ހިމެނޭ ކެއުންތައް ކެއުމަށް ބޭނުންވެފައެވެ.

އަދި މޭވާ އިން ޖޫސް ހެދުމުން އޭގައި ހިމެނޭ ފައިބަރ ވެސް މަދުވާތީ، އެންމެ ރަނގަޅު ގޮތަކީ މޭވާއިން ޖޫސް ގިރުމުގެ ބަދަލުގައި މޭވާ ކެއުމެވެ.

ކޮފީ

ދުވަސް ފެށުމުގެ ގޮތުން ކޮފީއެއް ބޯލުމަކީ ވަރަށް ގިނަ ބައެއްގެ އާދައެކެވެ. ބަރުދަން ލުއިކުރަން ބޭނުންވާ ފަރާތްތައް ކޮފީއަށް ސްކިމް މިލްކް އަޅައިގެން ބޭނުން ކުރެއެވެ. ނަމަވެސް މި ބޭނުން ކުރެވޭ ކޮފީތަށީގައި ވަރަށް މަތީ އަދަދަކަށް ކެލަރީސް ހިމެނެއެވެ.

އެހެން ކަމުން ކޮފީ ބޯން ބޭނުން ކަމުގައި ވާނަމަ އެންމެ އެދެވޭ ގޮތަކީ ވީހާވެސް މަދުން ބުއިމެވެ. ބަރުދަން ލުއި ކުރަންބޭނުންވާ ފަރާތްތައް ކަޅު ކޮފީއެއް ހަކުރުނާޅާ ބުއިން ރަނގަޅުވާނެއެވެ. ކަޅުކޮފީ ނުބައިކަމުގައި ވާނަމަ ވީހާވެސް ކުޑަ ކިރުކޮޅެއް ކޮފީއަށް އަޅައިގެން ބޭނުން ކުރާށެވެ.

ސްކިމް މިލްކް

ސްކިމް މިލްކަކީ ބަރުދަން ލުއިވާން ބޭނުންވާ ފަރާތްތަކުން ބޭނުން ކުރާ ކިރެކެވެ. ނަމަވެސް ވިމެންސް ހެލްތްގައި ޑރ.ލުޑްވިގް ޝާއިއުކޮށްފައިވާ ރިޕޯޓުގައިވާ ގޮތުން ޑރ ލުޑްވިގް ހެދި ދިރާސާ އަކުން ދައްކާގޮތުގައި ފެޓް ފްރީ ނުވަތަ އެއް ޕަސަންޓް ކިރު ހިމެނޭ ކިރުން ބަރުދަން މާ ބޮޑުތަން އިތުރުވެގެން ދެއެވެ.

އެއީ ނޯމަލް އަން ސްވީޓަންޑް މިލްކް ބޭނުން ކުރާ ފަރާތްތަކާ އަޅައިކިޔައި ކޮށްފައިވާ ދިރާސާއެކެވެ. އޭގެ އިތުރުން ކިރު ހިމެނޭ އެހެނިހެން ކެއުން ތަކުންވެސް ދުރުވުން މުހިންމުކަމުގައި ޑޮކްޓަރ ލަފާދެއްވައެވެ. އެއީ އޭގައި މާގިނައިން ހަކުރު ހިމެނޭތީއެވެ. ޑެއިރީ ބޭނުން ކުރާނަމަ ކެލްސިއަމް ހިމެނޭ ފުލް ކްރީމް މިލްކް ނުވަތަ ނަޓް މިލްކް އިހްތިޔާރު ކުރާށެވެ. ސަބަބަކީ އޭގައި ކެލަރީސް އާއި ހަކުރުވެސް މަދުން ހިމެނޭތިއެވެ.

އައިސް ޓީ

ޖޫސް ގޮތަށް ފިހާރައިން ގަންނަ އައިސްޓީ ނުވަތަ ޕެކްކޮށްފައި ހުންނަ އައިސްޓީގައި ވެސް ވަރަށް ގިނައިން ހަކުރު ހިމެނެއެވެ. މިގޮތަށް ގަންނަ އައިސްޓީ ފުޅިއެއްގައި 116 ކެލަރީސް ހިމެނޭ ކަމަށް ވެބްއެމްބީ ރިޕޯރޓްކޮށްފައިވެއެވެ. އެހެންކަމުން އައިސްޓީ ބޯހިތް ވާނަމަ ހަކުރު ނާޅައި ގޭގައި އަމިއްލަ އަށް އައިސްޓީ ތައްޔާރުކޮށްލާށެވެ.

ސްމޫތީސް

ސްމޫތީސް އަކީ މިހާރަކަށް އައިސް ބަރުދަން ލުއިކޮށް ތިބެން ބޭނުންވާ ފަރާތްތަކާއި އަދި ހަން ރީތިކޮށް ބަހައްޓަން ބޭނުންވާ ފަރާތްތައްވެސް ވަރަށް ގިނައިން ބޯ ބުއިމެކެވެ. ނަމަވެސް ވިމެން ހެލްތް ރިޕޯޓުތައް ބުނާގޮތުގައި މާ ބައިވަރު މޭވާ ޖޫސް އެއްފަހަރާ ބުއިމަކީ އެހާ އެދެވޭ ކަމެއްނޫނެވެ. ސްމޫތީސް ބޯން ބޭނުން ނަމަ މަދުން ބޯން އާދަކުރާށެވެ. އަދި އެއްފަހަރާ ބައިވަރު މޭވާތައް އަޅައިގެން ސްމޫތީ ހެދުމުގެ ބަދަލުގައި ވަކި ވަކި މޭވާއިން ހެދުމަށް އާދަކުރެވިދާނެއެވެ. އަދި ބައެއް އިންގްރީޑިއަންޓްސް ތެރޭގައި އެވަކާޑޯ ނުވަތަ ގްރީކް ޔޯގަޓް މޭވާއާ އެކީ ބޭނުން ކުރެވިދާނެއެވެ.

ކެޕްޝަން..

comment ކޮމެންޓް