ފިހާޅޮހި ރިސޯޓު ކައިރީ އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ފިހާޅޮހި ރިސޯޓު ކައިރީ އޮތް ލޯންޗެއްގައި ހިނގާ ދިޔަ އަލިފާނުގެ ހާދިސާގެ ތެރެއިން: އެ ލޯންޗު ވަނީ އެއްކޮށް އަނދާ ހުލިވެފައި -- ސަން ފޮޓޯ

ފިހާޅޮހި ރިސޯޓު ކައިރީ އޮތް "ޖޭޒު" ނަމަކަށް ކިޔާ ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފް އިން ދެންމެ ބުނީ އެ ހާދިސާ ހިނގުމާ ގުޅިގެން ފަޔާ އެންޑް ރެސްކިއު އިން އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ލޯންޗު އެއްކޮށް އަނދާ ހުލިވެފައިވާ ކަމަށާއި، މިހާރު އެ ލޯންޗު އަޑިއަށް ގޮސްފައި ވާކަމަށެވެ.

އެ ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބީ ދެ ފަޅުވެރިން ތިބި ކަމަށާއި އެތަނުން އެކަކު ފިހިފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ. އެމްއެންޑީއެފްގެ މާޑީއާ އޮފިޝަލު ވިދާޅުވީ ފިހުނު މީހާއަށް މާފުށީ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

އެ ހާދިސާ ހިނގާފައިވަނީ ފަތުރުވެރިންތަކެއް ފިހާޅޮހި ކައިރީގައި އޮންނަ ފިނޮޅަކަށް ބޭލުމަށްފަހު ލޯންޗު ފަޅުގައި އަޅަން އުޅުމުގެ ތެރޭގައި ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

އެ ހާދިސާ ރޯވި ލޯންޗަކީ ފިހާޅޮހި ރިސޯޓުގެ ލޯންޗެކެވެ.

comment ކޮމެންޓް