އަލީ ޝިޔާމް ފުލުސް އޮފީހަށް ހާޒިރުވާން ޗިޓު ފޮނުވައިފި

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު މާލީ އަލީ ޝިޔާމް މުޒާހަރާގެ ބައިވެރިންނާ ވާހަކަ ދައްކަވަނީ-- ސަން ފައިލް ފޮޓޯ

ފުލުސް އޮފީހަށް ހާޒިރުވާން އެމްޑީޕީގެ ޗެއާޕާސަން ނައިބު މާލީ އަލީ ޝިޔާމަށް ޗިޓުފޮނުވައިފި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ މިއަދު ސަން އަށް ވިދާޅުވީ އަލީ ޝިޔާމް ފުލުސް އޮފީހަށް ހާޒިރުކުރަނީ ފުލުހުންނަށް ހުށަހެޅި، ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

އަލީ ޝިޔާމް ފުލުސް އޮފީހަށް ހާޒިރުކުރަނީ މިއަދު 2:30 އަށެވެ.

މިކަމާބެހޭގޮތުން އަލީ ޝިޔާމްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

comment ކޮމެންޓް