ބ. ހިބަޅިދޫ އިން ނުރައްކާތެރި ހަނގުރާމަވެރި ހަތިޔާރު ތަކެއް ހޯދައިފި

ބ. ހިބަޅިދޫން ހޯދި ބަޑިއެއް ފުލުހުން ދައްކާލަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ނުރައްކާތެރި ހަތިޔާރުތަކެއް ހޯދައިފި އެވެ. އޭގެ ތެރޭގައި ހަނގުރާމަވެރި ބަޑި އާއި ބޮން ހިމެނެ އެވެ.

އެ ހަތިޔާރުތައް ހޯދާފައި ވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ބ. ހިބަޅިދޫން އިންނެވެ. އެރަށް ޗެކްކުރީ ރިޔާސީ ލޯންޗްގައި ބޮމެއް ގޮއްވާލި މައްސަލާގައި ހައްޔަރުކުރި މީހުންނާއި އަދި ސަލާމަތީބާރު ތަކުގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތުތަކާއި ގުޅިގެން ކަަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް މިރޭ އިސްކަންދަރުކޮށީގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ވިދާޅުވި އެވެ.

އެ ހަތިޔާރުތައް ނަގާފައި ވަނީ ހިބަޅިދޫ އަށް ވަންނަ ނެރުން ވަންނަ ހިސާބުން ކަނޑުގެ 42 މީޓަރު އަޑިންން ކަމަށް ކެޕްޓަން އަލީ އިހްސާން ވިދާޅުވި އެވެ. އެ ހަރތިޔާރުތައް ހުރީ ދެ ދަބަހުގަ އެވެ.

ހޯދާފައިވާ ބައެއް ހަތިޔާރުތައް

އޭކޭ 56 ގެ ބަޑި އެއް

އޭކޭ ސީރީސްގެ ޓީ 56 ގެ ފުލް ވެޕަން ސިސްޓަމެއް ވަނީ ހޯދާފަ އެވެ. އޭގެ 7.62 މިލިމީޓަރުގެ 121 ވަޒަން ވެސް ވަނީ ހޯދާފަ އެވެ. އަދި 300 މީޓަރުގެ ދުރުމިނުން ވެސް މި ބަޑިން ހަމަލާދީ މީހެއްގެ ފުރާނައަށް ނުރައްކާކުރެވިދާނެ ކަމަށް އިހްސާން ވިދާޅުވި އެވެ. އަދި އެ ބަޑި ސާފުކުުރުމަށް ބޭނުންކުރިވިދާނެ އާލަތްތައް ވަނީ ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮކްޓޫބަރ 31، 2015: ބ. ސިފައިންނާއި ފުލުހުން ގުޅިގެން ހިބަޅިދޫގައި ކުރިއައް ގެންދިޔަ އޮޕަރޭޝަންގައި ހޯދި ހަތިޔާރުތަކެއް ނޫސްވެރިންނަށް ދައްކާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މެޝިން ޕިސްޓަލް ފައިވް ( އެމްޕީ 5 )

އެމްޕީ ފައިވްގެ 5 ފުލް ސިސްޓަމެެއް ވަނީ ހޯދާފަ އެވެ. މިއީ

'ސަބް މެޝިން ގަން ގެ ގޮތުގައި ކެޓަގަރައިޒް ކޮށްފައިވާ އެއްޗެއް ކަަމަށް އިހްސާން ވިދާޅުވި އެވެ.

"މީގައި އެންމެ ގެރެންޓީކޮށް މިހުންނަށް ގެއްލުއްދެވޭނެ ރޭންޖަކީ 125 މީޓަރުގެ ސަރަހައްދަކުން،" އިހްސާން ވިދާޅުވި އެވެ.

އެ ބަޑީގައި ބޭނުންކުރާ 9 މިލިމީޓަރުގެ 43 ވަޒަން ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮކްޓޫބަރ 31، 2015: ބ. ސިފައިންނާއި ފުލުހުން ގުޅިގެން ހިބަޅިދޫގައި ކުރިއައް ގެންދިޔަ އޮޕަރޭޝަންގައި ހޯދި ހަތިޔާރުތަކެއް ނޫސްވެރިންނަށް ދައްކާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައި ޕަވާ ޕިސްޓަލް

ބްރައުނިން ހައި ޕަވާ ޕިސްޓަލް އެއް އެ ހަތިޔާރުތަކުގެ ތެރޭގައި ހިމެނެ އެވެ. އެއީ 9 މިލިމީޓަރުގެ ވަޒަން ބޭނުންކުރާ ފިސްތޯލަ އެކެވެ. އެ ވަޒަނަކީ އެމްޕީ ފައިވް ބަޑީގަ ވެސް ބޭނުންކުރެވިދާނެ ވަޒަނެކެވެ. އަދި އެއީ 50 މީޓަރުގެ ރޭންޖުން ހަމަލާދެވޭ ބަޑިއެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އޮކްޓޫބަރ 31، 2015: ބ. ސިފައިންނާއި ފުލުހުން ގުޅިގެން ހިބަޅިދޫގައި ކުރިއައް ގެންދިޔަ އޮޕަރޭޝަންގައި ހޯދި ހަތިޔާރުތަކެއް ނޫސްވެރިންނަށް ދައްކާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްނައިޕާ ރައިފަލެއްގެ ވަޒަނަކާއި ދުރުމިއެއް

މިރޭ ފުލުހުން ދެއްކި ހަތިޔާރުތަކުގެ ތެރޭގައި ދުރު ރޭންޖަކުން ހަމަލާދޭ ސްނައިޕާ ބަޑި އެއް ނުފެނެއެވެ. އެހެންނަމަވެސް އެފަދަ ބަޑިއެއްގައި ބޭނުންކުރާ ވަޒަނަކާއި ދުރުމިއެއް ވަނީ ފެނިފައެވެ.

ދެ ބޮމް

އަދި ދެ ހޭންޑް ގްރަނޭޑް (އަތު ބޮމް) ވަނީ ފެނިފަ އެވެ. އެތަކެތި ހުރީ 'ފެކްޓްރީ ޕެކިންގަައި' ކަމަށް އިހްސާން ވިދާޅުވި އެވެ. އެއީ އެމް 75 ގެ އަތު ބޮމް ކަމަށް އިހްސާން ވިދާޅުވި އެވެ.

"މި ހޭންޑް ގްރަނޭޑަކީ އޭގެ ޒާތުގައި 15 މީޓަރު ކައިރީގައި ތިބޭ މީހުންތަކެއް މަރުވެދާނެ ފަދަ ނުރައްކާތެރި އަދި 50 މީޓަރުގަ ތިބޭ މީހުންނަށް އަނިޔާތަކެއް ވެދާނެ ފަދަ ހަތިޔާރެއް" އިހްސާން ވިދާޅުވި އެވެ.

އޮކްޓޫބަރ 31، 2015: ބ. ސިފައިންނާއި ފުލުހުން ގުޅިގެން ހިބަޅިދޫގައި ކުރިއައް ގެންދިޔަ އޮޕަރޭޝަންގައި ހޯދި ހަތިޔާރުތަކެއް ނޫސްވެރިންނަށް ދައްކާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ އިތުރުން ގޮއްވުމެއް އިތުރަށް ވަރުގަދަ ކުރުމަށް ބޭނުންކުރާ ސާމާނާއި ޕްލާސްޓިކް އެކްސްޕްލޯސިވްސް ޗާޖަރުތަކެއް ވަނީ ހޯދާފަ އެވެ. އޭގެ އިތުރުން އައިއީޑީ (އިމްޕްރޮވައިސިވް އެކްސްޕްލޯސިވް ޑިވައިސް) އެއް ވަނީ ފެނިފަ އެވެ.

އަދި އެ އެއްޗަކީ ފޯނެއް މެދުވެރިކޮށް ނުވަތަ ރިމޯޓެއް މެދުވެރިކޮށް ގޮއްވާލެވިދާނެ އެއްޗެއް ކަަމަށާއި އެފަދަ ސާމާނު ވެސް ފެނިފައިވާ ކަމަށް އިހްސާން ވިދާޅުވި އެވެ.

އަދި އީއައިޑީ އެއް ހެދުމަށް ބޭނުންކުރާ ވަޔަރުތަކާއި އަދި އެއްޗެއްގޮއްވާލާ އިރު އޭގެ ގެއްލުން ބޮޑުކުރާނެ މޮހޮރުތަކެއް ވަނީ ފެނިފަ އެވެ. އޭގެ 500 ގްރާމް މޮހޮރު ވަނީ ފެނިފަ އެވެ. އަދި އެކި ވައްތަރުގެ ބެޓަރިތަކާއި އެޑަޕްޓަރު ތައް ވަނީ ހޯދާފަ އެވެ.

އޮކްޓޫބަރު 31، 2015: ބ. ސިފައިންނާއި ފުލުހުން ގުޅިގެން ހިބަޅިދޫގައި ކުރިއައް ގެންދިޔަ އޮޕަރޭޝަންގައި ހޯދި ހަތިޔާރުތަކެއް ނޫސްވެރިންނަށް ދައްކާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މީގެ ތެރޭގައި އެބަހިމެނޭ ސްޓޭންޑާޑް ފެކްޓްރީ މޭޑް ފަޔަރިން ސިސްޓަމެއް. މީގެ ޒާތުގައި މި އެއްޗަކީ ކޮންޓްރޯލްޑްކޮށް އަޅުގަނޑުމެންނަށް ބޭނުންވާ ތަނެއްގައި ތިބިގެން ވަކި ރޭންޖަކުން، އެކްސްޕްލޯސިވް އެއް ގުޅާލާފައި ބަހައްޓާފައި ގޮވާލާ ގޮތަށް ތައްޔާރުކޮށްފައިވާ އެއްޗެއް،" އިހްސާން ވިދާޅުވި އެވެ.

މިއީ ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނެއްގައި މިހާ ގިނަ ހަތިޔާރު އަތުލައިގަތް ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް