ފްލައިދުބާއީ މައްސަލަ: ހިފެހެއްޓި ދެ ދިވެހި ޕައިލެޓުންގެ ބަޔާން ފުލުހުން ނަގައިފި

ޝަހީދު ހުސައިން އާދަމް ބިލްޑިން -- ސަން ފޮޓޯ: ހަސަން މާނިއު

ދުބާއީން ފުރައިގެން އިޒްރޭލަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓެއް ހައިޖެކްކޮށް ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި، ހިފެހެއްޓި ދިވެހި ދެ ޕައިލެޓުންނާ ފުލުހުން ރޭ ސުވާލުކުރުމަށްފަހު އާއިލާއާ ހަވާލުކޮށްފިއެވެ.

މި ހާދިސާގައި ހިފެހެއްޓި ދެ ދިވެހި ޕައިލެޓުން ރާއްޖެ އައީ އިއްޔެ މެންދުރު ފަހެވެ.

'ސަން' އަށް މައުލޫމާތު ދެއްވައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޔާމް ވިދާޅުވީ، ރޭގެ ވަގުތެއްގައި އެ ދެ ޕައިލެޓުން ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންނާ ސުވާލުކުރުމަށްފަހު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. ނަމަވެސް އެމީހުންނާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިޑްލް އީސްޓް މޮނިޓާއިން، އިސްރާއީލުގެ ނޫހެއް ކަމަށްވާ "ކީޕާ" އާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެ ޕައިލެޓުން ހައްޔަރުކުރި ފަހުން އެތައް ދުވަހެއް ވަންދެން އެ މީހުންގެ އެއްވެސް ޚަބަރެއް ނުވެގެން އާއިލާތަކުން އުޅެނިކޮށް، އެމީހުން ބަންދުގައި ތިބިކަން އާއިލާތަކަށް އެނގުނީ ދިވެހި އެމްބަސީން އެންގުމުންނެވެ.

https://sun.mv/228985

ސަތޭކަ ހަތް ދިހަ އަށް ވުރެ ގިނަ ފަސިންޖަރުންނާއެކު ދަތުރުކުރި ފްލައިދުބާއީ ބޯޓުގެ ކެޕްޓަނަށް ކޯޕައިލެޓް ހަމަލާދިނީ ކޯރާޑިއަކުންނެވެ. ޔޫއޭއީގެ ޕްރޮސެކިއުޓާ ޖެނެރަލް ހަމަދު ސައިފް އައްޝާމިސީ ވިދާޅުވި ގޮތުގައި، ދަތުރު ފެށިތާ ދެ ގަޑިއިރާއި ބައި ފަހުން ދިން މި ހަމަލާއާ ގުޅިގެން ބޯޓު ވަނީ 17،000 ފޫޓު (5،200 މީޓަރު) ތިރިއަށް ވެއްޓިފައެވެ. ނަމަވެސް ފަސިންޖަރުން ވަނީ ކޯޕައިލެޓް ހުއްޓުވައި، ބޯޓުގެ ކޮންޓްރޯލް ހޯދާފައެވެ.

އެއަށްފަހު ބޯޓުގައި ތިބި އިތުރު ދެ ޕައިލެޓުން ވަނީ ސައުދީ އަރަބިއްޔާއަށް ބޯޓު ސަލާމަތްތެރިކަމާއެކު ޖައްސާފައެވެ. އަނިޔާވި ކެޕްޓަން ސްމިތު މަޗްހަރަކީ އިންޑިއާގެ ރައްޔިތެކެވެ. އޭނާއަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާދިނުމަށްފަހު، މިހާރު ވަނީ އަބޫދާބީއަށް ގެންގޮސްފައެވެ. އޭނާގެ ހާލު ސްޓޭބަލް ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް