ހަމީދުގެ ތައުޒިޔާ ދަފުތަރެއް ދިވެހި ބަހުގެ އެކަޑަމީގައި ހުޅުވައިފި

އަބްދުﷲ ހަމީދުގެ ތައުޒިޔާގެ ދަފްތަރުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޔުމްނާ މައުމޫން ލިޔުއްވަނީ -- ފޮޓޯ: ދިވެހި ބަހުގެ އެކެޑަމީ

ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ އަބްދުﷲ ހަމީދު އަވަހާރަވުމާ ގުޅިގެން ދިވެހި ބަހުގެ އެކެޑަމީގައި ތައުޒިޔާ ދަފްތަރެއް ހުޅުވައިފި އެވެ.

ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ މިއަދު ވިދާޅުވީ އެ ދަފުތަރު މިއަދު ހެނދުނު 9:30 ފެށިގެން މިމަހުގެ ނިޔަލަށް ހުޅުވާފައި ހުންނާނެ ކަަމަށެވެ.

އަބްދުﷲ ހަމީދުގެ ތައުޒިޔާގެ ދަފްތަރުގައި ބަސްކޮމިޓީގެ ރައީސް އަބްދުﷲ ފާރޫގު ލިޔުއްވަނީ -- ފޮޓޯ: ދިވެހި ބަހުގެ އެކެޑަމީ

އެ ދަފްތަރުގައި ސޮއިކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޔުމްނާ މައުމޫން އާއި އެކެޑަމީގެ ރައީސް އަޝްރަފް އަލީ އާއި ބަސްކޮމިޓީގެ ރައީސް އަބްދުﷲ ފާރޫގު އަދި ޅެންވެރިޔާ ރަމްލާ އަބްދުލްޣަނީ ހިމެނެ އެވެ.

އަބްދުﷲ ހަމީދުގެ ތައުޒިޔާގެ ދަފްތަރުގައި ޅެންވެރިޔާ އަދި ލިޔުންތެރިޔާ ރަމްލާ އަބްދުލްޣަނީ ލިޔުއްވަނީ -- ފޮޓޯ: ދިވެހި ބަހުގެ އެކެޑަމީ

އަބްދުﷲ ހަމީދު ދިވެހި ބަަހަށް ކުރައްވާފައިވާ ހިދުމަތްތަކާ ބެހޭ ގޮތުން އަޝްރަފް އަލީ ވިދާޅުވީ އެމަނިކުފާނަކީ ދިވެހި ބަހާއި އަދަބުގެ ދާއިރާ މުޅި ގައުމަށް ފެތުރުއްވުމުގެ ގައުމީ މަސައްކަތްކުރެއްވި ހަރުދަނާ ޒައީމެއް ކަމަށެވެ.

"އަބްދުﷲ ހަމީދަކީ ޝާއިރުންގެ ޅެންވެރިންގެ ވާހަކަ ދެއްކުންތެރިންގެ ހިތުގެ ތަސައްލީ. އެމަނިކުފާނު ނެތް ކަމުގެ ފަޅުކަން ދިވެހި އަދަބު އަބަދު ވެސް ކުރާނެ،" އަޝްރަފް ވިދާޅުވި އެވެ. އަބްދުﷲ ހަމީދަކީ ދިވެހި ބަހަށް ވެސް ގިނަ ގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ -- ފޮޓޯ: ދިވެހި ބަހުގެ އެކެޑަމީ

އަބްދުﷲ ހަމީދު އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ވެސް ވަނީ ތައުޒިޔާގެ ދަފްތަރެއް ހުޅުވާފަ އެވެ.

comment ކޮމެންޓް