ހަމީދުގެ ހަށިކޮޅު މާލެ ގެނެސްފި

ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ އަބްދުﷲ ހަމީދުގެ ހަށިކޮޅު މިއަދު މާލެ ގެނެސްފި އެވެ.

ހަމީދު އަވަހާރަވެފައި ވަނީ މިދިޔަ އަންގާރަ ދުވަހު އިންޑިއާގެ ބެންގަލޫރުގަ އެވެ. އެމަނިކުފާނުގެ ހަށިކޮޅު އިންޑިއާ އިން ރާއްޖެ ގެނެސްފައި ވަނީ މިއަދު ހެނދުނެވެ.

އަބްދުﷲ ހަމީދުގެ ހަށިކޮޅު މާލެ ގެނައުމުގެ ތެރެއިން: ސަން ފޮޓޯ: ފަޔާޒު މޫސާނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިކަމުގެ ލަގަބު އަރުވާފައިވާ، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމާއި ވަޒީރުކަމުގެ މަގާމު ދިގު މުއްދަތަކަށް ފުރުއްވާފައިވާ، އަލްއުސްތާޒު އަލްމަރަހޫމް އަބްދުﷲ ޙަމީދުގެ މޫނުފުޅު ދެއްކުން އޮންނާނީ މެންދުރު ފަހު 3:30 އިން ރޭގަނޑު 7:00 އަށް ކަމަށާއި ކަށުނަމާދު އޮންނާނީ، މި ރޭ ޢިޝާނަމާދަށް ފަހު އިސްލާމީ މަރުކަޒިގައި ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އަބްދުﷲ ހަމީދުގެ ހަށިކޮޅު މާލެ ގެނައުމުގެ ތެރެއިން: ސަން ފޮޓޯ: ފަޔާޒު މޫސާއަބްދުﷲ ހަމީދު ވަނީ އެޓޮލްސް މިނިސްޓަރު ކަމުގެ އިތުރުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ. އަދި އެޑިޔުކޭޝަން މިނިސްޓަރު ކަމާއި އެ ނޫނަސް ދައުލަތުގެ ވަރަށް ގިނަ ވަޒީފާތަކެއް އަދާ ކުރައްވާފައިވެ އެވެ.

އަބްދުﷲ ހަމީދަކީ ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމުން ގިނަ ދުވަސްތަކެއް ވަންދެން އަތޮޅުތައް ބެލެހެއްޓެވި އެންމެ އިސް މޭސްތެރި އެވެ.

comment ކޮމެންޓް