ނާޒިމް ގޭ ބަންދަށް ބަދަލުކޮށްދިނުމަށް އާއިލާގެ ފަރާތުން އެދެފި

ކްރިމިނަލް ކޯޓުގައި މީގެ ކުރީން ބޭއްވި ޝަރީއަތަކަށް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވަޑައިގަންނަވަނީ -- ސަން ފައިލް ފޮޓޯ

އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ މި ސަރުކާރުގެ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމު ގޭ ބަންދަށް ބަދަލު ކޮށްދިނުމަށް އާއިލާގެ ފަރާތުން ހޯމް މިނިސްޓްރީގައި އެދިއްޖެ އެވެ.

ނާޒިމްގެ އަނބިކަނބަލުން އަފާފް އަބްދުލްމަޖީދު މިއަދު "ސަން" އަށް ވިދާޅުވީ ނާޒިމުގެ ޝަރީއަތް ވެސް މިހާރު ކުރިއަށް ނުދާ ކަމަށާއި އެހެންކަމުން ނާޒިމް ގޭ ބަންދަށް ބަދަލު ކޮށްދިނުމަށް އާއިލާގެ ފަރާތުން އެދިފައިވާ ކަމަށެވެ.

"ދެން މި ހުރިހާ ދުވަހެއް މި ދަނީ ޖަލުގައި. އެހެންވެގެން ދެން މި މަހަކީ ރަމަޟާން މަސް ކަމުން ގޭ ބަންދަށް ބަދަލު ކޮށްދިނުމަށް އެދިފައި ވާނީ. އެހެންނަމަވެސް އަދި ޖަވާބެއް ނުލިބޭ. އަޅުގަނޑުމެން އެކަމަށް އެދުނީ މި މަސް ތެރޭގައި." އަފާފު ވިދާޅުވި އެވެ.

ނާޒިމްގެ ޝަރީއަތް ކެންސަލްކޮށްފައި ވަނީ އެ މައްސަލަ ހައި ކޯޓުގައި ބަލާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ދެ ފަނޑިޔާރަކު ހައި ކޯޓުގެ ދެކުނު ގޮތްޕަށް ބަދަލުކުރަން ސުޕްރީމް ކޯޓުން ނިންމާފައި ވަނިކޮށެވެ.

ކާނަލް ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހު އެވެ.

އޭނާގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.

comment ކޮމެންޓް