ނިމި ދިޔަ ސީޒަންގައި ޔޫއެފާ ރޭންކިން އިންޑެކްސް އިއްޔެ އާންމުކޮށްފައި ވާއިރު އަދިވެސް އެއް ވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ.
މިސީޒަންގެ ޔޫއެފާ ސްޕަކަޕާއި ކުލަބު ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދާފައިވާ ރެއާލް އެއް ވަނައިގައި އޮތީ 171.999 ޕޮއިންޓާއެކު 33.042 ގެ ދަރަޖައާއެކު އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގް ކާމިޔާބު ކުރި ބާސެލޯނާ ރެއާލްގެ ފަހަތުން ދެ ވަނައިގައި އޮތީ 164.999 ޕޮއިންޓައެކު 38.042 ދަރަޖައާއެކު އެވެ.
ދެހާސް ތޭރަ ވަނަ އަހަރު ޔޫއެފާ ކުލަބު ރޭންކިގެ އެއް ވަނައިގައި އޮތް ބަޔާން މިޔުނިކަށް މިފަހަރު ލިބެނީ ތިންވަނަ އެވެ.
ޗެމްޕިއަންސް ލީގްގެ ރަނަރަފު އިޓަލީގެ ޔުވެންޓަސް އޮތީ ރޭންކިންގެ 14 ވަނައިގައެވެ. އެޓީމަށް ލިބިފައިވަނީ 95.102 ޕޮއިންޓެވެ.
ޔޫރޮޕާ ލީގްގެ ޗެމްޕިއަންކަން ހޯދި ސްޕެއިންގެ ސެވިއްޔާ އޮތީ 23 ވަނައިގައެވެ. އެޓީމަށް ލިބިފައިވަނީ 80.499 ޕޮއިންޓެވެ.