ވިލިމާލޭގައި ކައިވެނީގެ ބޭރުން އަންހެނަކު އެއްމާބަނޑު ދެ ކުދިން ވިހައި އޭގެތެރެއިން އެއް ކުއްޖަކު މަރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިރޭ ބުނީ ކައިވެނީގެ ބޭރުން އަންހެނަކު ވިހާފައިވާ ކަމުގެ މައުލޫމާތު ވިލިމާލެ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 ނޮވެމްބަރު 23 ވަނަ ދުވަހުގެ ރޭ 21:07 އެހައިކަންހާއިރު ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، އުމުރުން 37 އަހަރުގެ ދިވެހި މި އަންހެންމީހާ ވަނީ އަމިއްލައަށް ހޮސްޕިޓަލަށް ގުޅައި، އޭނާ ދިރިއުޅޭ ގޭގެ ފާޚާނާ ތެރެއަށް ވިހާފައިވާ ކަމުގެ މައުލޫމާތު ހިއްސާކޮށްފައެވެ. އެ ރިޕޯޓާ ގުޅިގެން ވިލިމާލެ ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ނަރުހަކު އެ ގެއަށް ގޮސް، ވިހެއި މައިމީހާއާއި އަލަށް އުފަންވި ތުއްތު ކުއްޖާ ވަނީ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ފުލުހުން އިތުރަށް ބުނީ، އެ އަންހެންމީހާ ހޮސްޕިޓަލަށް ގެނެސް ޑޮކްޓަރުން ބެލިބެލުމުން، އޭނާގެ ބަނޑުގައި އިތުރު ކުއްޖަކު އޮތްކަން ކަށަވަރުވި ކަމަށެވެ. އަދި ހޮސްޕިޓަލުގައި އެ ކުއްޖާ ވިއްސި ނަމަވެސް، ވިހެއި އިރުވެސް އެ ކުއްޖާ އޮތީ ނިޔާވެފައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާގައި އެ އަންހެންމީހާ ވިހާފައިވަނީ އެއްމާބަނޑު ދެ ފިރިހެން ކުދިންނެވެ. އޭގެ ތެރެއިން ގޭގެ ފާޚާނާ ތެރެއަށް ފުރަތަމަ ވިހެއި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ކައިވެނީގެ ބޭރުން ދަރިން ވިހެއުމަކީ ގާނޫނީ ގޮތުންނާއި އިސްލާމީ ޝަރީއަތުގައި ބޮޑު ކުށަކަށް ވާއިރު، މި މައްސަލަ ފުލުހުން ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އިތުރަށް ތަހުގީގު ކުރަމުންނެވެ.