އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެންމެ ފުރަތަމަ އިންޑިއަން އައިޑަލް ކާމިޔާބުކުރި އަބިޖީތު ސާވަންތު، އަންނަ މަހުގެ 10 ވަނަ ދުވަހުގެ ރޭ 8:00 އިން ފެށިގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ އުރީދޫ ފަން ރަން މިއުޒިކް ޝޯގައި އެންމެ އިސް ފަންނާނެއްގެ ގޮތުގައި ހުށަހެޅުންތައް ހުށަހަޅައިދޭނެކަން އުރީދޫ މޯލްޑިވްސްއިން އިއުލާނުކޮށްފިއެވެ.
އިންޑިއާގެ މިއުޒިކީ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ހުނަރުވެރިޔާ ރާއްޖެ ގެނައުމަށް ހަމަޖެހިގެންދިއުމަކީ މިއަހަރުގެ އުރީދޫ ފަން ރަންގެ ފޯރި އިތުރުކޮށްދޭނެ ކަމެއްގެ ގޮތުގައި އުރީދޫއިން ސިފަކުރެއެވެ. އަދި މިއީ ލައިވް މިއުޒިކާއި، މުނިފޫހިފިލުވުމާއި، އުފާވެރިކަމުން ފުރިގެންވާ، ހަނދާނުން ފޮހެވިގެން ނުދާނެ ފަދަ ރެއަކަށް ވާނެކަމުގެ ޔަގީންކަން، އުރީދޫއިން ދީފައިވެއެވެ.
އަބިޖީތު ސާވަންތުގެ ލައިވް ހުށަހެޅުމެއްގެ ތެރެއިން--އަބިޖީތު ސާވަންތު ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދީ 2005 ވަނަ އަހަރު ބޭއްވި އިންޑިއަން އައިޑަލްގެ ފުރަތަމަ ސީޒަން ކާމިޔާބުކޮށް، އޭނާގެ ހިތްގައިމު އަޑާއި ހުށަހެޅުންތަކުން އެތައް މިލިއަން ބައެއްގެ ހިތްތައް ފަތަހަކުރުމަށް ފަހުގައެވެ. އޭނާގެ ފުރަތަމަ އަލްބަމް ކަމަށްވާ "އާޕްކާ އަބިޖީތު ސާވަންތު" އާއި، އޭގައި ހިމެނޭ އިންތިހާއަށް މަޝްހޫރުވި ލަވަ “މޮހައްބަތޭން ލުޓާއުންގާ” ގެ ސަބަބުން އިންޑިއާގެ މިއުޒިކް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ފަންނާނެއްގެ ގޮތުގައި އޭނާގެ ނަން ވަނީ ގާއިމުވެފައެވެ.
ވިއްސަކަށް އަހަރަށް ވުރެ ދިގު މިއުޒިކީ ހަޔާތުގައި، ރެކޯޑިންގ އާޓިސްޓެއްގެ ގޮތުންނާއި، ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިޔައިދޭ ފަންނާނެއްގެ ގޮތުން އަދި ލައިވް ޝޯތައް ހުށަހަޅައިދޭ ފަންނާނެއްގެ ގޮތުން އަބިޖީތު ވަނީ ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.
އިންޑިއަން އައިޑަލް ބަލަމުން އަދި ބޮލީވުޑްގެ ލަވަތައް އަޑުއަހަމުން ބޮޑުވި ގިނަ ދިވެހިންނަށް، އަބިޖީތު ސާވަންތުގެ ލައިވް ހުށަހެޅުންތައް ރާއްޖޭގައި ތަޖުރިބާކޮށްލަން ލިބޭ މި ފުރުސަތަކީ، ކުރީގެ އުފާވެރި ހަނދާންތައް އާވެ، ޚާއްސަ ފޯރިއެއް ގެނުވާނެ ކަމެއްކަމަށް އުރީދޫއިން ދެކެއެވެ.
ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުމުގެ ގޮތުގައި މަޝްހޫރުވެފައިވާ އުރީދޫ ފަން ރަން މިހާރު ވަނީ، ކުލައާއި، ފޯމާއި، މިއުޒިކާއި، ދުޅަހެޔޮކަމާއި އަދި މުނިފޫހިފިލުވުމުގެ ތެރެއިން އެތައް ހާސް ބަޔަކު އެއްތަނަކަށް ޖަމާކޮށްދޭ، ރާއްޖޭގެ އެންމެ ފޯރިގަދަ އެއް އިޖުތިމާއީ ހަރަކާތަށް ބަދަލުވެފައެވެ.
މިދިޔަ އަހަރު ބޭއްވި އުރީދޫ ފަން ރަންގެ ތެރެއިން----ފޮޓޯ: އުރީދޫމި ފޯރިގަދަ ގުޅުމުގެ ސަބަބުން އުރީދޫ ފަން ރަންގެ ޖޯޝާއި އިންޑިއާގެ މިއުޒިކީ ޖާދޫ އެއްތަންވެ، މުނިފޫހިފިލުވުމުގެ މި ތަޖުރިބާ މުޅިން އާ ހަރުފަތަކަށް ގެންގޮސްދޭނެއެވެ. ހަމައެއާއެކު، މިއީ ގައުމީ އިމާއި، ސަގާފަތްތަކާއި އަދި ޖީލުތައް ހުރަސްކޮށް މިއުޒިކަށް އޮންނަ ލޯބި ފާހަގަކޮށް، އާއިލާތަކާއި، ރަހުމަތްތެރިންނާއި އަދި މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށް އެކުގައި ވަގުތު ހޭދަކޮށްލުމަށް ލިބޭ ވަރަށް ޚާއްސަ ފުރުސަތެއްވެސް މެއެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ މަޝްހޫރު ފަންނާނުންނާ ގުޅިގެން، އުރީދޫ މޯލްޑިވްސްއިން ދަނީ އެ ކުންފުނީގެ އެންމެ ބޮޑެތި އިޖުތިމާއީ ހަރަކާތްތަކުގެ ފެންވަރު މަތިކޮށް، ދުނިޔޭގެ ފެންވަރުގެ މުނިފޫހިފިލުވުން ދިވެހި ބެލުންތެރިންނާ ހަމައަށް ގެނެސްދީ، މުވާސަލާތީ ޚިދުމަތްތަކުގެ އިތުރުންވެސް ހަނދާނުން ފޮހެވިގެން ނުދާނެ ފަދަ ތަޖުރިބާތަކެއް ފަހިކޮށްދެމުންނެވެ.
އަންނަ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ 8:00 އިން ފެށިގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ އުރީދޫ ފަން ރަން 2026 ގެ މިއުޒިކް ޝޯގައި އަބިޖީތު ސާވަންތާއެކު ލަވަކިޔައި، ނަށައި، އުފާފާޅުކުރުމަށް ތައްޔާރުވެލާށެވެ.