އެލައިޑް އިންޝުއަރެންސްގެ ދެވަނަ "އައިފޯން ޑްރޮޕް"، އައިފޯން 18 ޕްރޯ މެކްސްއަކާއެކު!

އެލައިޑް އިންޝުއަރެންސްގެ ފަރާތުން މި އަހަރުގެ ދެވަނަ އައިފޯން ގިވްއަވޭ ކަމަށްވާ "އެލައިޑް އައިފޯން ޑްރޮޕް 2" އިފްތިތާހުކޮށްފިއެވެ.

މި ހަރަކާތުގެ ނަސީބުވެރިއަކަށް ހޮވޭ ފަރާތަކަށް މުޅިން އަލަށް ބާޒާރަށް ނެރުނު އައިފޯން 18 ޕްރޯ މެކްސްއެއް ލިބޭނެކަމަށް އެލައިޑް އިންޝުއަރެންސުން ބުނެއެވެ. އަދި މި ކެމްޕޭން ކުރިއަށްދާނީ އެލައިޑްގެ ރަސްމީ އިންސްޓަގްރާމް ޕޭޖް މެދުވެރިކޮށް 31 ޑިސެމްބަރު 2026 ގެ ނިޔަލަށް ކަމަށް އެކުންފުނިން ބުނެއެވެ.

މި އަހަރުގެ ކުރީކޮޅު ބޭއްވި ފުރަތަމަ އައިފޯން ޑްރޮޕަށް ލިބުނު ބޮޑު ތަރުހީބާ ގުޅިގެން ފެށި މި ހަރަކާތަކީ، ސޯޝަލް މީޑިއާ މެދުވެރިކޮށް ކަސްޓަމަރުންނާއި އާންމުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް އެލައިޑުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގޭ ހަރަކާތެއްކަމަށް އެލައިޑް އިންޝުއަރެންސުން ބުނެއެވެ.

ބައިވެރިވާނެ ގޮތް:

އިންސްޓަގްރާމުން ފޮލޯކުރުމަށްފަހު އިންސްޓަގްރާމްގައިވާ "އައިފޯން ޑްރޮޕް" ޕޯސްޓަށް ލައިކް ދޭށެވެ. އެއަށްފަހު ޕޯސްޓުގެ ކޮމެންޓް ސެކްޝަންގައި ތިން ރަހުމަތްތެރިއަކު ޓެގްކުރާށެވެ.
ފޯނު ލިބުމުގެ ފުރުސަތު އިތުރުކުރުމަށްޓަކައި މި ޕޯސްޓް އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށް @allied.mv ޓެގްކުރާށެވެ. ކޮންމެ ކޮމެންޓެއްގައި ތަފާތު ތިން ރަހުމަތްތެރިން ޓެގްކޮށްގެން، އެކަކަށް އެތައް ފަހަރަކު މި ހަރަކާތުގައި ބައިވެރިވެވޭނެއެވެ.

މި ގިވްއަވޭގައި ބައިވެރިވެވޭނީ ދިވެހި ރައްޔިތުންނަށާއި ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް ކަމަށް އެލައިޑުން ބުނެއެވެ. ބައިވެރިވުމުގެ އެންމެ ފަހު ވަގުތަކީ 31 ޑިސެމްބަރު 2026 ގެ 23:59 ކަމަށާއި ނަސީބުވެރި ފަރާތް ހޮވުމަށް ހަމަޖެހިފައިވަނީ 14 ޖެނުއަރީ 2027 ގައި އެލައިޑްގެ އިންސްޓަގްރާމް ޕޭޖުން ކުރިއަށްގެންދާ ލައިވް ގުރުއަތަކުންކަމަށް އެ ކުންފުނިން ބުނެއެވެ.

މި ހަރަކާތުގެ ޓާމްސް އެންޑް ކޮންޑިޝަންސް، އެލައިޑްގެ އިންސްޓަގްރާމް ޕޯސްޓުން ބަލައިލެވޭނެއެވެ. މިއީ އިންސްޓަގްރާމް، މެޓާ ޕްލެޓްފޯމްސް ނުވަތަ އެޕަލް އިންކްގެ ބައިވެރިވުމެއް ނެތި، އެލައިޑުން ކުރިއަށްގެންދާ ހަރަކާތެކެވެ.

comment ކޮމެންޓް