ތާވަލުގެ 12 ވަނައިގައި އޮތް ނިއުކާސަލް އިން އެންމެ ފަހުގެ ޗެމްޕިއަނުން ހިފަހައްޓައިފި

ރޭ ނިއުކާސަލް އާއި އާސަނަލް ބައްދަލުކުރި މެޗުގެ ތެރެއިން--

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ، އެންމެ ފަހުގެ ޗެމްޕިއަން އާސެނަލް އާއި މިވަގުތު ލީގުގެ 12 ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗު، 2-2 ގެ ނަތީޖާއިން އެއްވަރުވެއްޖެއެވެ.

ނިއުކާސަލް ޔުނައިޓެޑްގެ ސެއިންޓް ޖޭމްސް ޕާކުގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ އާސެނަލްއިން ނަމަވެސް، އެޓީމަށް ވަނީ ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ނުހިފިފައެވެ.

މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑުނެގީ އާސެނަލްއިން ނަމަވެސް، ނިއުކާސަލްއިން ވަނީ ފަހަތުން އަރައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގައި އާސެނަލްއަށް ލީޑު ނަގައިދިނީ މެޗުގެ 33 ވަނަ މިނެޓުގައި، ކައި ހަވާޓްޒް ދިން ޕާހަކުން އެމެރޭޗީ އެޒޭ އެވެ.

ނިއުކާސަލްއަށް ނަތީޖާ އެއްވަރުކޮށްދީފައިވަނީ ވިލިއަމް އޮސޫލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ހާވީ ބާންސްއެވެ. އެއީ މެޗުގެ 49 ވަނަ މިނެޓުގައެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގެ 62 ވަނަ މިނެޓުގައި ނިއުކާސަލްގެ މާލިކް ތިއާއޯ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރި ހޯދަދީފައެވެ.

ނިއުކާސަލް އިން ދެވަނަ ލަނޑު ޖަހާ ލީޑު ނެގިތާ ގިނައިރުތަކެއް ނުވަނީސް އާސެނަލްގެ ގޯލްކީޕަރު ޑޭވިޑް ރާޔާއަށް އަނިޔާގެ އޭނާގެ ބަދަލުގައި ކެޕާ ވަނީ ކުޅެން އަރުވާފައެވެ.

އާސެނަލްއިން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 78 ވަނަ މިނިޓުގައި ނޯނީ މަޑުއެކޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި ނަތީޖާއާއެކު އާސެނަލްއިން ލީގުގައި ދަމަހައްޓާފައިވާ ފަސް މެޗުން މޮޅުވުމުގެ ރެކޯޑު ވަނީ ނިމުމަކަށް އައިސްފައެވެ.

މި މެޗުން ލިބުނު ޕޮއިންޓާއެކު ލީގުގައި މިހާތަނަށް ކުޅުނު 11 މެޗުން ލިބިފައިވާ 28 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އާސެނަލް އޮތީ ހަ ޕޮއިންޓުގެ ލީޑަކާއެކުއެވެ. ދެވަނައިގައި އޮތް ބްރައިޓަންއަށް 22 ޕޮއިންޓު ލިބިފައިވީނަމަވެސް އެ ޓީމު މިއަދު ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެ ފަރަގު ތިން ޕޮއިންޓަށް ކުޑަވާނެއެވެ.

comment ކޮމެންޓް