ކުޑަކުދިންގެ ވާހަކަފޮތްތަކުންނާއި ފެއަރީޓޭލް ކާޓޫނުތަކުން ފެންނަ ފަދަ ގަނޑުވަރެއް ހުޅުމާލެއިން ފެނި ގިނަ ބައެއްގެ ސަމާލުކަން އަތުލައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އައިމާ އިބްރާހީމް، އޭނާގެ ކާފަދަރިފުޅަށް ހަތް އަހަރު ފުރުމުގެ މުނާސަބަތުގައި ދިން މި އަގުބޮޑު ހަދިޔާއަކީ މިހާރު މުޅި ސޯޝަލް މީޑިއާގައި އެންމެ ދެކެވޭ އެއް ވާހަކައެވެ.
ކުޑަކުދިންގެ ހިތްތައް ދަމައިގަންނަ ފަދަ ފުރިހަމަ ފަރުމާއަކަށް ތައްޔާރުކޮށްފައިވާ މި ބޮޑު ކާސަލް (ގަނޑުވަރު) އިމާރާތްކުރުމުގެ މަސައްކަތް މީގެ ހައެއްކަ މަސްދުވަސް ކުރިން ވެސް އައީ ކުރަމުންނެވެ.
ހަވާ އެރުވުމުގެ ތެރެއިން ---ވަރަށް ފަރުވާތެރިކަމާއެކު ދިގު މުއްދަތަކަށް ކުރި މި މަސައްކަތް އެއްކޮށް ނިމި، ފިޔާތޮށި ކުލައިން ޖަރީކޮށްލެވުނީ މީގެ ދެ ދުވަހެއް ކުރިންނެވެ. މުޅި އިމާރާތުގެ މަސައްކަތް ނިމުމާއެކު، އެ ސަރަޙައްދުން ދަތުރުކުރި ގިނަ ބައެއްގެ ލޮލުގައި މި ބިނާ އަޅައިގަތެވެ.
ގަނޑުވަރުގެ އެތެރެ ވެސް އެހާ ހިތްގައިމެވެ. ވަރަށް ފުރިހަމަ ޑިޒައިނަކަށް ފިޔާތޮށި ކުލައިން އެތެރެ ވެސް ވަނީ ޒީނަތްތެރިކޮށްފައެވެ. ޗާންދަލިއާތަކުން ޒީނަތްތެރިކޮށްފައިވާއިރު، މާމެލާމެލިން ވެސް އެކި ތަންތަން ރީތިކޮށްފައި ހުއްޓެވެ.
މިފަދަ ބޮޑު، ހިތްގައިމު ފަރުމާއެއް މީގެ ކުރިން ރާއްޖޭގައި ފެނިފައިނުވާތީ، ގިނަ ބަޔަކު އަންނަނީ އެތަނުގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. ހާއްސަކޮށް، ޑިޒްނީ ފިލްމުތަކުން ފެންނަ ޒާތުގެ މި ގަނޑުވަރު ފެނިފައި ކުޑަކުދިންގެ ޝައުގުވެރިކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ.
ހުޅުމާލެ ފޭސް ދޭއްގެ ބީޗުގައި ތައްޔާރުކޮށްފައިވާ ކާސަލް ކައިރި ޑިޒްނީ ކެރެކްޓާޒްގެ ހެދުން އަޅައިގެން --އެގޮތުން މިއަދު ހަވީރު ވެސް ގިނަ އަދަދެއްގެ ކުޑަކުދިން އެ ސަރަހައްދަށް ޖަމާވެ، ހިނިތުންވުމާއެކު އެތަނުގެ ކައިރީގައި ފޮޓޯތައް ނަގަމުންދިޔަ މަންޒަރު ފެނުނެވެ.
މިރޭ އެ ސަރަހައްދުގައި ބޭއްވި ކުލަގަދަ 'ފެއަރީޓޭލް' ޕާޓީއާއެކުގައި ހަތް މިނެޓުގެ ހަވާ އެރުވުމުގެ ހަރަކާތައް ވެސް ގިނަ ބަޔަކު ޝައުގުވެރިވިއެވެ. މި މަންޒަރު ބަލައިލުމަށް ވެސް ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭހެން ގިނަ އަދަދެއްގެ އާންމުން އެ ސަރަހައްދަށް އެއްވެ ތިއްބެވެ.