މިރޭ ހުޅުމާލޭގައި 3 މިނެޓަށް ހަވާ އަރުވަނީ

މީގެ ކުރިން ޢީދު ދުވަހެއްގައި އާޓިފިޝަލް ބީޗުގައި ހަވާއެރުވުން --

ހުޅުމާލޭގައި މިރޭ ހަވާ އަރުވަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި މިރޭ 22:00އާއި 23:30އާ ދެމެދުގެ ވަގުތެއްގައި ގައި ހުޅުމާލެ ފޭސް 3ގައި ހަވާއަރުވާނެއެވެ.

ހަމައެއާއެކު މިއީ ވިޔަފާރި އުސޫލުން ކުރިއަށް ގެންދާ ހަވާ އެރުވުމުގެ ހަރަކާތެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި މިރޭ ހަވާއަރުވަނީ ތިން މިނެޓަށް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

comment ކޮމެންޓް