ރަސްމާލެ މަޝްރޫއޫއާ ގުޅުން ހުރި ރިއަލް އެސްޓޭޓު ބިލަށް އާންމުންގެ ޚިޔާލު ހޯދަނީ

މިއަދު ބޭއްވި މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީގެ ތެރެއިން: އެ ކޮމިޓީން ނިންމީ، ރިއަލް އެސްޓޭޓު ބިލަށް ޚިޔާލު ހޯދަން ހުޅުވާލަން ---- ފޮޓޯ/ މަޖިލިސް

ޔޫއޭއީގެ އީގަލް ހިލްސްއަށް ދީގެން ރަސްމާލޭގައި މި ސަރުކާރުން ކުރިއަށް ގެންދަން އެއްބަސްވެފައިވާ ރަސްމާލެ މަޝްރޫއާއި އެފަދަ މަޝްރޫއުތަކާ ގުޅުންހުރި ރިއަލް އެސްޓޭޓް ބިލަށް އާންމުންގެ ޚިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފިއެވެ.

މި ބިލު ހުށަހަޅާފައި ވަނީ، ރަސްމާލޭގައި ޒަމާނީ ވޯޓާފްރަންޓް މެރީނާއަކާއި ރިއަލް އެސްޓޭޓް އިމާރާތްތަކެއް ތަރައްގީކޮށް ހިންގުމަށް، އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ދަނޑިވަޅެއްގައެވެ

އެ ބިލު މަޖިލީހަށް ބަލައިގަނެ، ދިރާސާކުރުމަށް މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީއަށް ފޮނުވީ އިއްޔެއެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ރިއަލް އެސްޓޭޓު ބިލުގެ މަސައްކަތް އަންނަ މަހު ހަތަކަށް ނިންމުމަށާއި އާންމުންގެ ޚިޔާލު ހޯދުމަށް އަންނަ މަހު ދެވަނަ ދުވަހާ ހަމައަށް ފުރުސަތު ދިނުމަށް ފާސްކޮށްފައެވެ.

މިއަދު ބޭއްވި މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީގެ ތެރެއިން: އެ ކޮމިޓީން ނިންމީ، ރިއަލް އެސްޓޭޓު ބިލަށް ޚިޔާލު ހޯދަން ހުޅުވާލަން ---- ފޮޓޯ/ މަޖިލިސް

އެ ބިލަށް ޚިޔާލު ހޯދަން ދީފައި ވަނީ، ގާތްގަނޑަކަށް ދެ ހަފުތާއެއްހާ ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވާނީ، އަންނަ މަހު ދެ ވަނަ ދުވަހުގެ 14:00އަށެވެ. އޭގެ ކުރިން މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް މެއިލް ކުރެވޭނެއެވެ.

އެ ކޮމިޓީގެ މުގައްރިރުކަން ކުރައްވާ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ބޮޑެތި ބިލުތަކުގައި ވެސް އާންމުންގެ ޚިޔާލު ހޯދުމަށް ދެނީ ހަފުތާއެއްގެ މުއްދަތެވެ. އެކަމަކު، މި ބިލަށް އާންމުންގެ ގިނަ ޚިޔާލުތަކެއް ބޭނުންވާ ކަމަށް ޝުޖާއު ކޮމިޓީގައި ވިދާޅުވިއެވެ.

ވެރިކަންކުރާ ޕީއެންސީ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހެޅުއްވި ރިއަލް އެސްޓޭޓް ބިލުގައިވާ ގޮތުން، އެ ސަރަހައްދަކީ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ހުޅުވާލެވޭ ތަނެއް ނަމަވެސް، އިސްލާމީ އުސޫލުތަކާއި ރާއްޖޭގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން އެ ތަންތަން ހިންގުމަށް ވަނީ ޝަރުތުކޮށްފައެވެ.

މި ބިލުގައި ބުނެފައި ވަނީ ރަސްމާލޭން ބޭރު މީހުންނަށް ދިގު މުއްދަތަށް ކުއްޔަށް ދޫކުރާ ސަރަހައްދަށް ރާއްޖޭގެ ގާނޫނު ހިނގާނެ ކަމަށާއި އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ރާއްޖޭގެ ސަލާމަތީ ބާރުތަކުން ކަމަށެވެ.

ބިލުގައި ބުނެފައިވާ ގޮތުން ޒޯނުގެ ފަތުރުވެރިކަމުގެ ތަންތަނުގައި ބަނގުރަލާއި އޫރު މަސް މަނާވާނެއެވެ.

https://sun.mv/230247
މީގެ އިތުރުން ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނަށް ހުއްދަ ދޫކުރާނީ ވެސް ރާއްޖޭގައި އަމަލުކުރަމުންދާ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ކަމަށް އެ ބިލުގައި ވަނީ ހިމަނައިފައެވެ.

comment ކޮމެންޓް