ރިއަލް އެސްޓޭޓް ބިލާއި މަރުގެ އަދަބު ތަންފީޒުކުރާ ބިލު ހިމެނޭހެން މުހިންމު 3 ބިލެއް މަޖިލީހަށް ބަލައިގެންފި

މިއަދުގެ ޖަލްސާގެ ތެރެއިން: ވަކި ދީނަކާ ދެކޮޅަށް އަމަލުކުރުން ކުށަކަށް ހެދުމުގެ ބިލު ދެވަނަ ފަހަރަށް ވެސް ވަނީ ނަގައިފައި --- ފޮޓޯ: މަޖިލިސް

އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ އީގަލް ހިލްސްއަށް ދީގެން ރަސްމާލޭގައި މި ސަރުކާރުން ކުރިއަށް ގެންދަން އެއްބަސްވެފައިވާ ރަސްމާލެ މަޝްރޫއާއި އެފަދަ މަޝްރޫއުތަކާ ގުޅުންހުރި ރިއަލް އެސްޓޭޓް ބިލު ހިމެނޭހެން މުހިންމު ތިން ބިލެއް ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.

ރިއަލް އެސްޓޭޓް ބިލުގެ އިތުރުން ދެން ބަލައިގަތް ބިލުތަކަކީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރާ ބިލާއި ނަމާއި އަބުރު ރައްކާތެރިކުރުމުގެ ބިލެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ނެގި ވޯޓުގައި މި ބިލުތައް ބަލައިގަތީ:

  • ރިއަލް އެސްޓޭޓް ބިލު: ފެންނަ ކަމަށް 42 މެންބަރުން ވޯޓު ދިންއިރު ބަލައިނުގަތުމަށް 13 މެންބަރަކު ވަނީ ވޯޓްދީފައި.
  • މަރުގެ ހުކުމް ތަންފީޒުކުރާ ބިލު: 56 މެންބަރުންގެ އިއްތިފާގުން
  • އަބުރު ރައްކާތެރިކުރުމުގެ ބިލު: ފެންނަ ކަަމަށް ވޯޓް ދެއްވީ 44 މެންބަރުން. ނުފެންނަ ކަމަށް ހަތަރު މެންބަރަކު ވޯޓު ދެއްވިއިރު ވަކިގޮތަކަށް ވޯޓް ދޭން ބޭނުންނުވީ ހަތް މެންބަރުން.

ވެރިކަންކުރާ ޕީއެންސީ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހެޅުއްވި ރިއަލް އެސްޓޭޓް ބިލުގައިވާ ގޮތުން، އެ ސަރަހައްދަކީ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ހުޅުވާލެވޭ ތަނެއް ނަމަވެސް، އިސްލާމީ އުސޫލުތަކާއި ރާއްޖޭގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން އެ ތަންތަން ހިންގުމަށް ވަނީ ޝަރުތުކޮށްފައެވެ.

މި ބިލުގައި ބުނެފައި ވަނީ ރަސްމާލޭން ބޭރު މީހުންނަށް ދިގު މުއްދަތަށް ކުއްޔަށް ދޫކުރާ ސަރަހައްދަށް ރާއްޖޭގެ ގާނޫނު ހިނގާނެ ކަމަށާއި އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ރާއްޖޭގެ ސަލާމަތީ ބާރުތަކުން ކަމަށެވެ. އަދި ދިވެހި ދައުލަތުގެ އިދާރާތައް އެ ޒޯނުގައި ތަމްސީލުވާނެ ކަމަށް ވެއެވެ. އަދި ޖުވާކުޅުމާއި ދިވެހިރާއްޖޭގެ ގާނޫނާއި އިސްލާމީ ޝަރީއަތާ ޚިލާފު އެއްވެސް ކަމެއް އެ ސަރަހައްދުތަކުގައި ވެސް ނުކުރެވޭނެ ކަމަށް ބިލުގައިވެއެވެ. ބިލުގައި ބުނެފައިވާ ގޮތުން ޒޯނުގެ ފަތުރުވެރިކަމުގެ ތަންތަނުގައި ބަނގުރަލާއި އޫރުމަސް މަނާވާނެއެވެ.

https://sun.mv/230247

މީގެ އިތުރުން ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނަށް ހުއްދަ ދޫކުރާނީ ވެސް ރާއްޖޭގައި އަމަލުކުރަމުންދާ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ކަމަށް އެ ބިލުގައި ވަނީ ހިމަނައިފައެވެ.

މި ބިލު ހުށަހަޅާފައި ވަނީ، ރަސްމާލޭގައި ޒަމާނީ ވޯޓާފްރަންޓް މެރީނާއަކާއި ރިއަލް އެސްޓޭޓް އިމާރާތްތަކެއް ތަރައްގީކޮށް ހިންގުމަށް، އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ދަނޑިވަޅެއްގައެވެ. ސެޕްޓެންބަރު 21 ގައި އަބޫދާބީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބެވެ. އަދި އީގަލް ހިލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން މުޙައްމަދު އަލްޢައްބާރެވެ.

މީގެ އިތުރުން ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ޙަނާން މުޙައްމަދު ރަޝީދު ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ވަނީ ގާނޫނުއަސާސީއާއި ބައިނަލްއަގުވާމީ އުސޫލުތަކާއި އާންމުންނާއި ކުށްވެރިންގެ ހައްގުތަކަށް ރިއާޔަތްކޮށް، ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ އުސޫލުތަކާއި އިޖުރާއަތު ބަޔާންކުރާ އޮނިގަނޑެއް ތައާރަފްކުރުން ކަމަށެވެ.

https://sun.mv/230248

މި ބިލުގައިވަނީ، ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ދަށު ކޯޓަކުން ހުކުމްކޮށްފިނަމަ އެ ހުކުމުގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލައިގައި ކަންހިނގިގޮތް މަތީ ކޯޓަކުން ބަލަން ވާނެ ކަމަށެވެ.

މަރުގެ އަދަބު ކަނޑައަޅަންވާނީ ގާނޫނަކުން ގާއިމުކޮށްފައިވާ މިނިވަން އަދި މުސްތަގިއްލު ކޯޓެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭ އާންމުކޮށް ހުޅުވައިލައިގެން ބާއްވާ އަޑުއެހުމެއްގައި ހާމަކަމާއެކު ޝަރީއަތްކުރުމަށްފަހު ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. މި ބިލުގައިވަނީ، ކުށްވެރިޔާގެ މައްޗަށް ސުޕްރީމް ކޯޓުން މަރުގެ އަދަބު ކަނޑައެޅުމުގެ ކުރިން ޝަރީއަތް ހިނގިގޮތް ބަލަންޖެހޭ ގޮތަށް ލާޒިމްކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް