އައިއޯއެސް ބޭނުންކުރާ ފަރާތްތަކަށް ގޫގުލްގެ އެކި ޚިދުމަތްތަކުން ފައިސާ ދެއްކުމާއި ވިޔަފާރި މުޢާމަލާތްތައް ބެލެހެއްޓުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ގޫގުލް ވޮލެޓް އައިފޯނަށް ތަޢާރަފުކޮށްފިއެވެ.
ފިހާރަތަކުން ވިޔަފާރިކުރާއިރު ފޯނު ޖައްސާލައިގެން ފައިސާ ދައްކާ ޓެޕް-ޓު-ޕޭގެ ޚިދުމަތް މި އެޕްލިކޭޝަން މެދުވެރިކޮށް ނުލިބުނު ނަމަވެސް، މިއީ އެޕަލް ވޮލެޓްގެ ބަދަލުގައި ބޭނުންކުރެވިދާނެ މުހިންމު ވަސީލަތެކެވެ. މިގޮތުން ގޫގުލް ޕޭ މެދުވެރިކޮށް އޮންލައިންކޮށް ފައިސާ ދެއްކުމަށްޓަކައި ޕޭމަންޓް ކާޑުތައް މި އެޕްލިކޭޝަންގައި ރައްކާކޮށްފައި ބެހެއްޓޭނެއެވެ.
މީގެ އިތުރުން ޕާރުސަލް ޓްރެކްކުރުމާއި، އެކި ޓިކެޓްތަކާއި ބޯޑިން ޕާސްތައް ރައްކާކުރުމަށްޓަކައި ގޫގުލް ވޮލެޓް ޖީމެއިލްއާއި ގޫގުލްގެ އެހެނިހެން އެޕްލިކޭޝަންތަކާ ގުޅުވާލެވޭނެއެވެ. އަދި އެޕަލް ވޮލެޓެކޭ އެއްފަދައިން، ފިހާރަތަކުގެ ލޯޔަލްޓީ ކާޑުތަކާއި ޖިމް މެންބަރޝިޕް ކާޑުތައް ވެސް މި އެޕްލިކޭޝަނަށް އިތުރުކުރެވޭތީ، ވަކިން ކާޑުތައް ގެންގުޅޭކަށް ނުޖެހޭނެއެވެ.
ގޫގުލްއިން ޓެޕް-ޓު-ޕޭގެ ޚިދުމަތް މި އެޕްލިކޭޝަންގައި ނުހިމެނީ އެޕަލްއަށް ދައްކަންޖެހޭ ފީތަކާ ހެދިކަމަށް ބެލެވޭ ---ގޫގުލްއިން ހާމަކުރި ގޮތުގައި، ގޫގުލްގެ ޚިދުމަތްތައް މެދުވެރިކޮށް ކުރާ "އޭޖެންޓިކް ޕާޗޭސަސް" ނުވަތަ ވިޔަފާރިތަކުގެ އޯޑަރު ކޮންފަމޭޝަންތަކާއި، ރަސީދުތަކުގެ އިތުރުން ޑެލިވަރީއާ ގުޅޭ އެންމެފަހުގެ މަޢުލޫމާތުތައް ވަރަށް ފަސޭހައިން ގޫގުލް ވޮލެޓުން ބަލާލެވޭނެއެވެ.
އައިއޯއެސް 18.1 އާއެކު ތާޑް-ޕާޓީ އެޕްލިކޭޝަންތަކަށް އެންއެފްސީ މެދުވެރިކޮށް ކޮންޓެކްޓްލެސް ޕޭމަންޓް ހެދުމުގެ ފުރުޞަތު އެޕަލްއިން ހުޅުވާލި ނަމަވެސް، އެކަމަށް އެޕަލްއާއެކު ވިޔަފާރި އެއްބަސްވުމެއް ހަދައި ފީ ދައްކަން ޖެހެއެވެ.
ގޫގުލްއިން ޓެޕް-ޓު-ޕޭގެ ޚިދުމަތް މި އެޕްލިކޭޝަންގައި ނުހިމެނީ އެޕަލްއަށް ދައްކަންޖެހޭ ފީތަކާ ހެދިކަމަށް ބެލެވެއެވެ. މިވަގުތު އެންއެފްސީ އެކްސެސް އެޕް ޑިވެލޮޕަރުންނަށް ލިބެން ހުރީ އެމެރިކާ، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ، ބްރެޒިލް، ކެނެޑާ، ޖަޕާން އަދި ނިއުޒީލެންޑްގައެވެ.
ކުރިއަށް އޮތްތާންގައި މިޚިދުމަތް ދުނިޔޭގެ އެހެން ހިސާބުތަކަށްވެސް ފުޅާކުރާނެކަމަށް ރިޕޯޓްތައް ބުނެއެވެ.