ގިނަ އަދަދެއްގެ ދިވެހީން އިންޑިއާއަށް ދަތުރުކުރާއިރު ފަރުވާ ހޯދުމަށް ޒިޔާރަތްކުރާ ކިމްސް ހޮސްޕިޓަލުގެ 10 ސްޕެޝަލިސްޓް ޑޮކްޓަރަކަށް ރާއްޖޭގައި ތިބެގެން ދެއްކުމުގެ ފުރުސަތު ކެއާވަން ކްލިނިކުން ހުޅުވާލައިފިއެވެ.
ކެއާވަން ކްލިނިކުން މައުލޫމާތު ދިން ގޮތުގައި، ކިމްސް ހޮސްޕިޓަލުގެ އިސް ސްޕެޝަލިސްޓް ޑޮކްޓަރުންތަކެއް މި މަހު އެ ކްލިނިކުގައި ބައްލަވާނެއެވެ. އޭގެ ތެރޭގައި:
- ޑރ. ނިތާ ޖޭ ދަސް - ފިޒިކަލް މެޑިސިން އެންޑް ރިހެބިލިޓޭޝަން
- ޑރ. އަޖޭ ރަވީ - ނޭވާލާ ނިޒާމުގެ ފަރުވާއަށް ޚާއްސަ
- ޑރ. ސުނޭހާ އަން - އައިވީއެފްއާއި ދަރިމައިވުމާ ގުޅޭ މައްސަލަތަކަށް ޚާއްސަ
- ޑރ. އަނޫ ކޭ ވަސޫ - ޕީޑިއެޓްރިކް ހެޕަޓޮލޮޖީ (ކުޑަކުދިންގެ ފަރުވާގެ ތެރެއިން، ފުރަމެއާއި ގޯލްބްލެޑާ ފަދަ ގުނަވަންތަކުގެ ބަލިތަކަށް ޚާއްސަ)
- ޑރ. މަނޭޝް ސެނަން - ޕްލާސްޓިކް، ރީކޮންސްޓްރަކްޓިވް، މައިކްރޯވެސްކިއުލާ ސާޖަރީ
- ޑރ. ގަނޭޝް ވީ - އެތެރެހަށީގެ ބަލިތަކަށް ޚާއްސަ
- ޑރ. ޝިޖޫކުމާރު - ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ
- ޑރ. ކުކޫ މަރިޔަމް - އޯރަލް މެޑިސިން އެންޑް ޓީއެމްޖީ ސްޕެޝަލިސްޓް، ޑެންޓަލް
- ޑރ. ޗަންދަން އެމް - ކަށީގެ ބަލިތަކަށް ޚާއްސަ
- ޑރ. އަބްދުލް ޝަމީރު - އޯތޮޑޮންޓިކްސް، ޑެންޓަލް
އެ ޑޮކްޓަރުންނަށް ދެއްކުމުގެ އިތުރުން، ކެއާވަން ކްލިނިކުން އެކްސްރޭ އާއި ދަތުގެ އެހެން ފަރުވާތައް ލިބެން ހުންނާނެއެވެ.
އެ ކްލިނިކް ހުންނަނީ މާލޭގެ އަސްރަފީ މަގުގައި ހުންނަ ހ. ނިވައި ގޭގައެވެ. ކެއާވަންއިން އެޕޮއިންޓްމެންޓް ހެއްދުމަށާއި އިތުރު މައުލޫމާތު ހޯދުމަށް 9233335 އާއި 9233336އަށް ގުޅޭނެއެވެ.
ކެއާވަން ކްލިނިކުން އާސަންދައާއި ޕޮލިސް، އެލައިޑް އަދި ސޮލަރެލް އިންޝުއަރެންސް ބަލައިގަންނާނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކެއާވަން ކްލިނިކަކީ ރާއްޖޭގައި ހުންނަ ކިމްސް ހޮސްޕިޓަލްގެ އެކްސްކްލޫސިވް ހަމައެކަނި ކްލިނިކެވެ.
އެ ކްލިނިކުން މައުލޫމާތު ދޭ ގޮތުގައި މި މަހުން ފެށިގެން ދެން ކޮންމެ މަހެއްގައި ވެސް ކިމްސްގެ ޑޮކްޓަރުން އެ ކްލިނިކަށް ޒިޔާރާތްކުރާނެއެވެ.