މަސްތުވާތަކެތި ކަމަށް ބެލެވޭ 65 ސެލޯފިންކޮޅާއެކު ދުވާފަރުން ދެބެން ހައްޔަރުކޮށްފި

މަސްތުވާތަކެތި ކަމަށް ބެލެވޭ 65 ސެލޯފިންކޮޅާއެކު ދުވާފަރުން ދެ މީހުން ހައްޔަރުކޮށްފި -- ފޮޓޯ: ފުލުހުން

މަސްތުވާތަކެތި ކަމަށް ބެލެވޭ 65 ސެލޯފިންކޮޅާއެކު ރ. ދުވާފަރުން ދެބެން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ދުވާފަރަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ހާޖަރާ މައިސާ ޢަލީއާއި އެ ރަށަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ ޢަބްދުﷲ ޢަލީއެވެ.

އެ ރަށު ކައުންސިލުން 'ސަން' އަށް ޔަގީންކޮށްދިން ގޮތުގައި މިއީ ދެބެންނެވެ.

ފުލުހުން ބުނީ މި ދެ މީހުން ހައްޔަރުކުރީ، މި މަހުގެ ހަތަރުވަނަ ދުވަހު ދުވާފަރު ފުލުހުންނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ދުވާފަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.

އެގޮތުން ކޯޓު އަމުރެއްގެ ދަށުން ހިންގި އެ އޮޕަރޭޝަންގައި ދުވާފަރު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 65 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހާޖަރާ މާއިސާ ޢަލީ ހަތް ދުވަހަށް އަދި ޢަބްދުﷲ ޢަލީ 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މަސްތުވާތަކެތީގެ މިފަދަ މައްސަލަތަކަކީ މިހާރު ރާއްޖޭގައި އާންމުވެފައިވާ މައްސަލައެކެވެ. ވަކިން ޚާއްސަކޮށް ވެރިކަންކުރާ މާލެ ސަރަހައްދުން، މިފަދަ މައްސަލަތަކުގައި ހައްޔަރުކުރާ ޒުވާނުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

comment ކޮމެންޓް