ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް، އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ

މީގެ ކުރިން ހިނގި އަލިފާނުގެ ހާދިސާއެއްގައި އަނދައިފައިވާ ތަނެއް -- ފައިލް ފޮޓޯ: މިފްކޯ

ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފިއެވެ.

ފުލުހުން ބުނީ މާލޭގެ ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު މިއަދުގެ މެންދުރުފަހު 15:42 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލެވިފައިވާ ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް އެ ތަނަކީ ކޮން ކަހަލަ ބާވަތްތަކެއް ގުދަންކޮށްފައިވާ ތަނެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ވެރިކަންކުރާ މާލެ ސަރަހައްދުގައި މަދުން ނަމަވެސް ދޭތެރެއަކުން އަލިފާނުގެ މިފަދަ ހާދިސާތައް ހިނގައެވެ.

އެމްއެންޑިއެފްއިން ވަނީ ނިމުނު ހަފުތާގައި އެކަނިވެސް އަލިފާނުގެ ހަތަރު ހާދިސާއަކަށް އެޓެންޑުވެފައިވާ ކަމަށް ބުނެފައެވެ.

comment ކޮމެންޓް