އެމެރިކާގެ މޭޖާ ލޫގު ސޮކާގެ ރަން ބޫޓު، ޖެހިޖެހިގެން ދެވަނަ ސީޒަންގައި ހޯދި ފުރަތަމަ ކުޅުންތެރިއަކަށް އާޖެންޓީނާގެ ކުރީގެ ކެޕްޓަން، ލިއޮނަލް މެސީ ވެއްޖެއެވެ.
މެސީ، މި އެވޯޑު ހޯދާފައިވަނީ މި ސީޒަނުގައި ކުޅުނު 31 މެޗުން 26 ލަނޑު ކާމިޔާބުކޮށްގެނެވެ.
މިދިޔަ ސީޒަނުގައި މެސީ ރަން ބޫޓު ހޯދާފައިވަނީ 29 ލަނޑާއެކުއެވެ. މިސީޒަންގެ ރަން ބޫޓާއެކު މެސީ ވެފައިވަނީ މޭޖާ ލީގު ސޮކާގެ ތާރީޚުގައިވެސް ޖެހިޖެހިގެން ދެ ސީޒަންގައި 25 ލަނޑަށްވުރެ ގިނައިން ޖެހި ދެވަނަ ކުޅުންތެރިޔާ އަށެވެ.
މި ސީޒަންގެ ރަން ބޫޓަށް މެސީއާ އެންމެ ގާތުން ވާދަކޮށްފައިވަނީ 22 ލަނޑާއެކު، އެފްސީ ޑަލަސްގެ ފޯވާޑު ޕީޓާ މުސާއެވެ. ތިންވަނައިގައި އޮތީ ލީގުގެ އެއްވަނައިގައި އޮތް ނޭޝްވިލްގެ ފޯވާޑް ސަމް ސަރިޖްއެވެ. ލީގު ތާވަލުގައި މެސީގެ އިންޓާ މަޔާމީ އޮތީ ދެވަނައިގައެވެ. އެއްވަނައިގައި އޮތް ޓީމާ މެސީގެ އިންޓަރ މަޔާމީއާ ދެމެދު 17 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
އުމުރުން 39 އަހަރުގެ ލިއޮނަލް މެސީ، 21 އަހަރަށްފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލިނަމަވެސް އޭނާ ވަނީ އިންޓާ މަޔާމީގެ އެއްބަސްވުން އާކޮށްފައެވެ. އެހެންކަމުން، ކުލަބާއެކު އޮތް އެއްބަސްވުން ހަމަވާނީ 2028 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.