ދިގު ހަފުތާ ބަންދެއް، ނޮވެމްބަރު 12ވާ ބުރާސްފަތި ބަންދުކުރައްވައިފި

ސިފައިންގެ ހަރަކާތްތައް ދައްކާލުމުގެ ރަސްމިއްޔާތު: މިއީ ސިފައިންގެ ތަރައްގީއަށް އެންމެ ބޮޑު ހޭދައެއް ކުރަމުން އަންނަ ރިޔާސީ ދައުރު ކަމަށް ހިލްމީ ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

މި ހިނގާ ނޮވެންބަރު މަހުގެ 12 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި، އެމަނިކުފާނު މިގޮތަށް ނިންމެވީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަސް ކަމުގައިވާ ނޮވެންބަރު މަހުގެ 11 ވާ ބުދަ ދުވަހަކީ ރަސްމީ ބަންދު ދުވަހަކަށް ވެފައި، އޭގެ އަނެއް ދުވަހަކީ ހަފުތާ ބަންދުގެ ކުރިން އަންނަ ރަސްމީ އެންމެ ފަހު ދުވަސް ކަމަށް ވާތީއެވެ.

އެހެންކަމުން، ބުރާސްފަތި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ހަފުތާ ބަންދާ ގުޅިގެން މެދުކެނޑުމެއް ނެތި ސަރުކާރުގެ މުވައްޒަފުންނަށް ޗުއްޓީ ދުވަސްތައް ލިބޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމުގެ މަގްސަދުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއެކު، ޖުމްހޫރީ ދުވަހުގެ ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ދެން ރަސްމީކޮށް ހުޅުވޭނީ ހަފުތާ ބަންދަށްފަހު އަންނަ އާދީއްތަ ދުވަހެވެ.

comment ކޮމެންޓް