ލަވަކިޔުންތެރިޔާ ރޭއަށް 2026 ވަނަ އަހަރުގެ މާކިއުރީ ޕްރައިޒް ލިބިއްޖެ

އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރޭ މާކިއުރީ ޕްރައިޒް އާ ހަވާލުވުމަށްފަހު -- ފޮޓޯ: ގެޓީ

އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރޭގެ ދެވަނަ ސްޓޫޑިއޯ އަލްބަމް "ދި މިއުޒިކް މޭ ކޮންޓެއިން ހޯޕް" އަށް، މިއުޒިކީ ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ 2026 ވަނަ އަހަރުގެ މާކިއުރީ ޕްރައިޒް ލިބިއްޖެއެވެ.

ބިގް ބޭންޑް ޖޭޒް، ޕަވާ ބެލެޑް އަދި ފަންކް ފަދަ ތަފާތު މިއުޒިކީ ރަހަތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ 73 މިނެޓުގެ މި ފުރިހަމަ އަލްބަމަށް މި އެވޯޑު ލިބުނުއިރު، މިއީ އޭނާގެ މިއުޒީކީ ކެރިއަރުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.

މީގެ ކުރިން ރެކޯޑް ލޭބަލްތަކާ މައްސަލަޖެހި، އަމިއްލަ ސްޓޫޑިއޯ އަލްބަމެއް ނެރެވޭނެ ގޮތެއް ނެތި އުނދަގޫ ދުވަސްތަކެއް ހޭދަކުރަންޖެހުނު ރޭ، 2021 ވަނަ އަހަރު އެ ލޭބަލާ ވަކިވުމަށްފަހު ހޯދި ކާމިޔާބީތައް އޭނާގެ ކެރިއަރުގައި މާ ފާހަގަކޮށްލެވެއެވެ.

އޭނާގެ ފުރަތަމަ އަލްބަމް "މައި 21ސްޓް ސެންޗަރީ ބްލޫސް" އިން ރިކޯޑް އަދަދަކަށް ބްރިޓް އެވޯޑު ކާމިޔާބުކޮށްފައިވާއިރު, އާ އަލްބަމް "ދި މިއުޒިކް މޭ ކޮންޓެއިން ހޯޕް" ވެސް ވަނީ ޔޫކޭ ޗާޓުގެ އެންމެ ކުރިއަށް އަރާފައެވެ.

މި އަލްބަމުގައި ހިމެނޭ "ވެއާ އިޒް މައި ހަޒްބަންޑް!" ލަވައަކީ ބައިނަލްއަގްވާމީކޮށް ވެސް ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ލަވައެކެވެ.

comment ކޮމެންޓް