އައިފޯން ޑުއޯ ގަންނަ ފަރާތްތަކުގެ ނަން، ފޯނު ހުޅުވާލާ އިރު ފެންނަގޮތް ހަދައިދެނީ

އައިފޯން ޑުއޯ ފުރަތަމަ ފަހަރަށް ޕްރީ-އޯޑަރަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 16 ވާ ހުކުރުދުވަހު --

އެޕަލް ސްޓޯރުތަކުން އައިފޯން ޑުއޯ ގަންނަ ފަރާތްތަކުގެ ނަން، ފޯނު ހުޅުވާލާ އިރު ފެންނަގޮތް ހަދައިދޭނެކަމަށް އެޕަލް އިން ބުނެފިއެވެ.

އެޕަލްގެ އެންމެ ފުރަތަމަ ފަށްޖެހޭ (ފޯލްޑަބަލް) ފޯނު ކަމަށްވާ އައިފޯން ޑުއޯ އެޕަލްގެ އައުޓްލެޓްތަކުން ގަންނަ ކަސްޓަމަރުންނަށް ޚާއްޞަ ޚިދުމަތެއް ދިނުމުގެގޮތުން ފޯނު ފުރަތަމަ ފަހަރަށް އޮންކޮށްލާ ވަގުތު، ފޯނުގެ ވެރިމީހާގެ ނަން ފެންނާނީ "ހެލޯ" ބުނާ ސުކުރީނުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި ވެރި ފަރާތުގެ ނަން ފެންނާނެހެން ކަސްޓަމައިޒް ކޮށްދިނުމުގެ އިންތިޒާމު އެޕަލް ސްޓޯރުތަކުގެ މުވައްޒަފުން މެދުވެރިކޮށް މިހާރު ހަމަޖައްސައިދިނުމުގެ އިންތިޒާމް ދަނީ ހަމަޖައްސަމުންނެވެ.

ބްލޫމްބާގްގެ މާކް ގުރްމަން ހާމަކޮށްފައިވާ ގޮތުގައި، މި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެމެރިކާގައި ހުންނަ އެޕަލްގެ ރީޓެއިލް ސްޓޯރުތަކުގައި ޚާއްޞަ ސިސްޓަމެއް ގާއިމުކުރެވޭނެއެވެ. އަދި މި ސިސްޓަމް މެދުވެރިކޮށް އިނގިރޭސި އަދި ސްޕެނިޝް ބަހުން ވެރި ފަރާތުގެ ނަން ފޯނުގެ ބޫޓް ސުކުރީނަށް އިތުރުކޮށްދެވޭނެއެވެ.

މި ކަސްޓަމައިޒޭޝަން ޚިދުމަތް ލިބޭނީ އެޕަލް ސްޓޯރަށް އަމިއްލައަށް ގޮސް ފޯނު ގަންނަ ފަރާތްތަކުގެ އިތުރުން، އޮންލައިންކޮށް އޯޑަރުކުރުމަށްފަހު ސްޓޯރުން ފޯނާ ހަވާލުވާން އަންނަ ފަރާތްތަކަށްވެސް ކަމަށް ބެލެވެއެވެ.

އެޕަލްގެ މި ތާރީޚީ ފޯލްޑަބަލް ފޯނު ކަމަށްވާ އައިފޯން ޑުއޯ ފުރަތަމަ ފަހަރަށް ޕްރީ-އޯޑަރަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 16 ވާ ހުކުރު ދުވަހުގެ ހެނދުނު 5:00 (ޕެސިފިކް ގަޑިން) ގައެވެ. އަދި އޮކްޓޫބަރު 23 ގައި މި ފޯނު ރަސްމީކޮށް ބާޒާރަށް ނެރޭނެއެވެ.

ފޮތެއް ގޮތަށް ލައްޕާލެވޭ ޑިޒައިނަކަށް ތައްޔާރުކޮށްފައިވާ އައިފޯން ޑުއޯގައި 5.4 އިންޗީގެ ބޭރު ސްކުރީނަކާއި 7.6 އިންޗީގެ އެތެރެ އިސްކުރީނެއް ހިމެނެއެވެ. މި ފޯނުގެ އަގު ފެށެނީ 1,999 އެމެރިކާ ޑޮލަރުންނެވެ.

އައިފޯން ޑުއޯއަކީ ޑުއޯ ފޭސްޓައިމް އާއި އެޕަލް ޕެންސިލްގެ ސަޕޯޓު ހިމެނޭހެން ޚާއްޞަ ފީޗަރުތަކާއެކު ތައްޔާރުކޮށްފައިވާ ފޯނެކެވެ. މި ފޯނުގެ ސްކުރީނުގައި ބޭނުންކޮށްފައިވަނީ އައިމެކްސް ސިނަމާތަކުގެ ފްރޭމްތަކާ ވަރަށް އެއްގޮތް 1:1.4 އެސްޕެކްޓް ރޭޝިއޯއެކެވެ. އަދި ސްކްރީންގެ ގްލެއާ ކުޑަކުރުމަށާއި ފަށްޖަހާ ތަނުގައި އިންނަ ކްރީސް ފެންނަލެއް ކުޑަކުރުމަށްޓަކައި މެޓް ނެނޯ-ޓެކްސްޗާ ޑިސްޕްލޭއެއް ބޭނުންކޮށްފައިވެއެވެ. ނަމަވެސް، އައިފޯން 18 ޕްރޯގައި ހިމެނޭ 8x އޮޕްޓިކަލް ޒޫމް ޓެލެފޯޓޯ ކެމެރާ ފަދަ ބައެއް ފީޗަރުތައް މި ފޯނުގައި ނުހިމެނެއެވެ.

comment ކޮމެންޓް