ގޫގްލް ކްލައުޑުން މަސައްކަތްތަކަށް ޚާއްޞަ ޖެމިނައި އޭޖެންޓް ތަޢާރަފުކޮށްފި

މި އޭޖެންޓުން މަސައްކަތްތައް ރާވައި، ތަފާތު ހުނަރުތަކާއި ވަޞީލަތްތައް ބޭނުންކޮށްގެން ކްލައުޑް ކަސްޓަމަރުންގެ ވިޔަފާރި ނިޒާމުތަކާ ގުޅުވައިދޭނެ ---

ގޫގްލް ކްލައުޑުން މަސައްކަތްތަކަށް ޚާއްޞަ ޖެމިނައި އޭޖެންޓް ތަޢާރަފުކޮށްފިއެވެ.

ކްލައުޑް މަސައްކަތްތަކަށް ޚާއްޞަ "ޔުނިވާސަލް އޭޖެންޓް" އެއްގެ ގޮތުގައި "ޖެމިނައި އޭޖެންޓް" އާންމުކޮށް އިއުލާންކުރީ ގޫގްލް ކްލައުޑުން ބޭއްވި "ޖެމިނައި އެޓް ވާކް 2026" އިވެންޓުގައެވެ.

މި އައު ނިޒާމާއެކު، ކުންފުނިތަކުގެ މަސައްކަތްތައް ދެން ފެށިގެންދާނީ ޕްރޮމްޕްޓް ވިންޑޯއިންނެވެ. ޖެމިނައި އަށް ކުންފުނިތަކުގެ ވިޔަފާރިއާ ގުޅޭ ހުރިހާ މަޢުލޫމާތެއް އެނގޭނެއެވެ. އަދި އެކި ކަހަލަ މަޢުލޫމާތު ހޯދުމާއި، ސުވާލުތަކަށް ޖަވާބުދިނުމާއި، ކޮންޓެންޓް އުފެއްދުމުގެ އިތުރުން ކޯޑިންގެ މަސައްކަތްތައްވެސް އެންމެ ޕްރޮމްޕްޓް ބޮކްސަކުން ކުރިއަށް ގެންދެވޭނެއެވެ.

މި އައު ނިޒާމާއެކު، ކުންފުނިތަކުގެ މަސައްކަތްތައް ދެން ފެށިގެންދާނީ ޕްރޮމްޕްޓް ވިންޑޯއިން ----

މި އޭޖެންޓުން މަސައްކަތްތައް ރާވައި، ތަފާތު ހުނަރުތަކާއި ވަޞީލަތްތައް ބޭނުންކޮށްގެން ކްލައުޑް ކަސްޓަމަރުންގެ ވިޔަފާރި ނިޒާމުތަކާ ގުޅުވައިދޭނެއެވެ. އަދި މުވައްޒަފުން މިހާރުވެސް ބޭނުންކުރަމުންދާ ޑޮކިއުމަންޓްތަކާއި، އިންބޮކްސް އަދި ޑިވެލޮޕާ އެންވަޔަރަންމަންޓްތަކުގެ ތެރޭގައި ފުރިހަމަކުރެވިފައިވާ ނަތީޖާ ފޯރުކޮށްދޭނެއެވެ.

މީގެއިތުރުން، ކުރަންޖެހޭ މަސައްކަތަށް އެންމެ އެކަށީގެންވާ މޮޑެލް އިޚްތިޔާރުކުރުމުގެ ޤާބިލުކަން ޖެމިނައި އޭޖެންޓަށް ލިބިގެންވެއެވެ.

މީގައި ޚަރަދުތައް ކޮންޓްރޯލްކުރުމުގެ ނިޒާމު ހިމެނޭއިރު، ބޮޑެތި ކުންފުނިތަކާއި ކޯޕަރޭޝަންތަކަށް ބޭނުންވާ ސެކިއުރިޓީ، އެޑްމިނިސްޓްރޭޝަން އަދި ގަވާނަންސްގެ މިންގަނޑުތަކަށްވެސް މި ނިޒާމު ފުރިހަމައަށް ފެތެއެވެ.

ގޫގްލްއިން އޭއައި މޮޑެލްތައް ތަރައްޤީކުރަމުން އަންނައިރު، ޖެމިނައި މޮޑެލްތަކަކީ މަސައްކަތުގެ މާހައުލުގައި އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ދުވަހުން ދުވަހަށް ކުރަންޖެހޭ އެކި ބާވަތުގެ މަސައްކަތްތައް އަވަސްކޮށްދިނުމަށް ޚާއްޞަކޮށްގެން ފޯރުކޮށްދެމުންދާ ވަޞީލަތެކެވެ.

މީގެ ކުރިން ޖެމިނައިގެ އެކި މޮޑެލްތައް ގޫގްލް ވާކްސްޕޭސްއާއި ކްލައުޑް ޚިދުމަތްތަކަށް ތަޢާރަފުކޮށްފައިވާއިރު، އޭއައި އެޖެންޓުންގެ މާހައުލަށް ކުންފުނިތައް އަހުލުވެރިކުރުވުމަކީ ގޫގްލް ކްލައުޑުން ވިޔަފާރިތަކަށް ޑިޖިޓަލް ބަދަލުތައް ގެނެސްދިނުމަށް ކުރަމުންދާ މައިގަނޑު އެއް މަސައްކަތެވެ.

comment ކޮމެންޓް