މޯލްޑިވިއަން ނާސަސް އެސޯސިއޭޝަން (އެމްއެންއޭ) އިން ހުޅުމާލެ ފޭސް ދޭއްގައި ކުރިއަށްގެންދިޔަ "ޒައިތޫން" ނަފްސާނީ ދުޅަހެޔޮކަމުގެ ރިހެބިލިޓޭޝަން ޕްރޮގްރާމަށް ބީއެމްއެލްއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެ ޕްރޮގްރާމަކީ ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް އެއްބާރުލުން ދިނުމަށާއި، ދިރިއުޅުމުގެ މުހިންމު ހުނަރުތަކާއި ދަތި ހާލަތްތަކާ ކުރިމަތިލާނެ ގޮތްތައް ދަސްކޮށްދިނުމުގެ މަގްސަދުގައި ހިންގި ޕްރޮގްރާމެއް ކަމަަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
އެފަދަ ފަރާތްތައް މުޖުތަމައަށް ނެރެ އަހުލުވެރިކުރުވުމަށާއި، ނަފްސާނީ ބަލިތަކާމެދު މުޖުތަމައުގައި އޮންނަ ނޭދެވޭ ވިސްނުންތައް ބަދަލުކޮށް ހޭލުންތެރިކަން އިތުރުކުރުމަށްވެސް އެ ޕްރޮގްރާމުގެ ތެރެއިން ޚާއްސަ އިސްކަމެއް ދީފައިވާ ކަމަށް ވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ނާސަސް އެސޯސިއޭޝަންގެ ރިހެބިލިޓޭޝަން ޕްރޮގްރާމަށް ބީއެމްއެލްއިން އެހީ ފޯރުކޮށްދީފި -- ފޮޓޯ: ބީއެމްއެލްއެމްއެންއޭއިން ކުރިއަށްގެންދިޔަ އެ ޕްރޮގްރާމުގެ ދަށުން، ތަމްރީނު ސެޝަންތަކާއި ދުޅަހެޔޮ ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން މުޖުތަމައު ހޭލުންތެރިކުރުވުމުގެ ތަފާތު ހަރަކާތްތައް ހިންގާފައިވާ ކަމަށާއި އެ ހަރަކާތްތަކުގެ ޒަރީއާއިން ހުޅުމާލޭގެ ސަތޭކައަށްވުރެ ގިނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލް ބޭންކް ފަންޑުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައަށް ފައިދާހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ އެފަދަ މުހިންމު އިޖުތިމާއީ މަޝްރޫއުތަކަށް ބޭންކުން އަބަދުވެސް މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދެއެވެ.