"ބެލެވެނީ 3 މީހުން އަރައިގެން ދުއްވަނިކޮށް އެކްސިޑެންޓުވީ ވަގަށް ނެގި ސައިކަލެއް ކަމަށް"

ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓް: މި ނުރައްކާތެރި އެކްސިޑެންޓްގައި ފަސް މީހަކަށް އަނިޔާވި---

ރޭ ދަންވަރު 02:55 އެހައިކަންހާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ދުއްވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭކަމަށާއި އެ ސައިކަލުގައި ތިން މީހުން ތިބިކަމަށް ފުލުހުން ބުނެފިއެވެ.

މި އެކްސިޑެންޓާގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ އެ ސައިކަލުގައި ތިން މީހުން ތިބި އިރު، އެ ސައިކަލު ދުއްވާފައިވަނީވެސް ވަން ވޭ އާ އިދިކޮޅަށް ކަމަށެވެ. އަދި އެ ސައިކަލު ދުއްވަން އިނީ އެ ކެޓެގަރީގެ ސައިކަލު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫންކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްކަމަށް ފުލުހުން ބުނެއެވެ. އަނިޔާވި މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް