ފަހަކަށް އައިސް ނުފެންނަ ވަރުގެ އަސަރުގަދަ ލޯބީގެ ފިލްމެއް ބަލާލާނަމަ "މަޖުނޫނު" ބަލާލަން ޖެހޭ!

ނަހުލާގެ "މަޖުނޫނު"ގެ މެއިން ކެރެކްޓަރުން --

އެންމެނަށް އެންމެ 'ރޮމޭންޓިކް' ފިލްމެއް ކަމަށް ގަބޫލުކުރެވޭ އެއް ފިލްމަކީ ފަނޑުވުމެއް ނެތި އަދިވެސް ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ ފިލްމް "ކަލާޔާނުލާ"އެވެ. މި ފިލްމުން "ކަލާޔާނުލާ" ހަނދާން ވާނެ ސަބަބުތައް ގިނައެވެ. "ކަލާޔާނުލާ"ގެ "ނުދާނޭ މިރޭ"ގެ ހަނދާންތައް އާކޮށްދޭ ރި-މޭކް ލަވައެއްގެ ލިރިކަލް ވީޑިއޯ ވަނީ ދާދި ފަހުން ދޫކޮށްލާފައެވެ.

"މަޖުނޫނު" ގެ މި ލަވައަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު މި ފިލްމްގެ ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ކުރީގެ ލޯބީގެ އަސަރުތަކުން ފުރައިލި ފިލްމްތަކުގެ އިހުސާސް އަނބުރާ މި ފިލްމުން ގެނެވިއްޖެ ކަމަށް ނަހުލާ ވަނީ އެންމެ ފަހުން އޭނާ ބޭއްވި ޓިކްޓޮކް ލައިވްގައި ވެސް ބުނެފައެވެ.

"ނިޝާމެން ޝިރާނީމެން އިރުގެ ރޮމޭންސް އެއް ކަހަލަ ރޮމޭންސް އެއް މިއީ،" ނަހުލާ ބުންޏެވެ.

މީގެ އަސަރުތައް ނަހުލާ ބޭނުން ގޮތަކަށް ދައްކާލެވުނީ ތަރީންގެ ހުނަރުގެ ސަބަބުންކަން ހާމަކުރަމުން މި ފިލްމަކީ އަދި ހަމައެކަނި ލޯބީގެ ފިލްމެއް ނޫން ކަމަށް ނަހުލާ ބުންޏެވެ. އެގޮތުން މިއީ ހިތުގައި ހިފަހައްޓާލައިގެން އިންނަން ޖެހޭ ގިނަ ވަގުތުތަކެއް އަންނާނެ ފިލްމެއް ކަމަށް ނަހުލާ ބުންޏެވެ.

މީގެ އިތުރުން ނަހުލާ ދިން ހިތާމަވެރި ޚަބަރަކީ ފިލްމް ބަލަން ބޭނުން އެންމެނަށް ސްކްރީނުން ފިލްމް ބެލުމުގެ ފުރުސަތު ނުލިބިދާނެކަމެވެ. ސަބަބަކީ އޮލިމްޕަސް ލިބިފައި ވަނީ އެހެން ފިލްމްތަކަށް ވުރެ ކުރު މުއްދަތަކަށް ވާތީ ކަމަށް ނަހުލާ ބުންޏެވެ.

"މަޖުނޫނު" ފިލްމުގެ ޓިކެޓު މިހާރު ވިކެމުން އަންނައިރު އޮންލައިންކޮށް ޓިކެޓް ގަތުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

އޮންލައިންކޮށް ޓިކެޓު ގަތުމަށް: 7844422

comment ކޮމެންޓް