ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް 2026ގެ މީޑިއާ ޕާޓްނަރަކަށް ސަން ސިޔާމް މީޑިއާ (އެސްއެސް މީޑިއާ)އިން މިއަދު ސޮއިކޮށްފިއެވެ.
ސަން ސިޔާމް މީޑިއާގައި އެކަމަށް ޚާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައި މި މީޑިއާގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ސޭލްސް މެނޭޖަރު އަބްދުﷲ ފައިސަލެވެ. އަދި މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު، ޗީފް އޮޕަރޭޓިން އޮފިސަރު ހުސްނީ ރައުފެވެ.
އެ ރަސްމިއްޔާތުގައި ހުސްނީ ރައުފް ވިދާޅުވީ، ހޮޓެލް އޭޝިއާ އެގްޒިބިޝަން އަދި އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަންގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި އެސްއެސް މީޑިއާއިން ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިއީ، ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި ހުނަރުތަކާއި އައު އީޖާދުތަކާއި މަސައްކަތްތަކަށް އެއްބާރުލުންދީ އެ ކަންކަން ދައްކާލުމަށް ލިބޭ ބޮޑު ފުރުސަތެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވައިފައެވެ.
ހޮޓެލް އޭޝިއާގެ މީޑިއާ ޕާޓްނަރަކަށް އެސްއެސް މީޑިއާއިން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲހުސްނީ ރައުފް ވަނީ މި އަހަރުގެ މައުރަޒުގައި 45 އަށްވުރެ ގިނަ ގައުމުން ބްރޭންޑްތަކާއި ކުންފުނިތައް ބައިވެރިވާއިރު މި އަހަރު ޖުމްލަ 275 އަށްވުރެ ގިނަ ސްޓޯލް މި މައުރަޒުން ފެންނާނެ ކަމަށް ވިދާޅުވެފައެވެ.
މި އަހަރުގެ މައުރަޒުގައި ވެސް ސްރިލަންކާ، އިންޑިއާ، ސިންގަޕޫރު، މެލޭޝިޔާ އަދި ތައިލެންޑް، ޗައިނާގެ އިތުރުން ދުބާއީން ވެސް ބައިވެރިވާނެ. އަދި އިޓަލީ ޔޫކޭ އެމެރިކާއިން ވެސް މި އަހަރުގެ މައުރަޒުގައި ބައިވެރިވާނެ. ޑައިރެކްޓާ، ޗީފް އޮޕަރޭޓިން އޮފިސަރު ހުސްނީ ރައުފު
ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް 2026އަކީ، ރާއްޖޭގެ ހޮސްޕިޓާލިޓީ އަދި ކާބޯތަކެތީގެ ސިނާއަތުގައި ބޭއްވޭ އެންމެ ބޮޑު ވިޔަފާރީގެ މައުރަޒެވެ.
މާދަމާ ކަލިނަރީ ޗެލެންޖު ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގައި ފަށާއިރު، އެގްޒިބިޝަން ނުވަތަ މައުރަޒު ފެށުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހު ހުޅުމާލޭ ސިންތެޓިކް ޓްރެގްގައެެވެ.