މޫސުމީ ރޯގާއާއި ބޭރަށްހިންގުން ފެތުރެމުންދާތީ ސަމާލުވާން އެޗްޕީއޭއިން އިލްތިމާސްކޮށްފި

އައިޖީއެމްއެޗް ކުރިމަތި: މޫސުމީ ރޯގާއާއި ބޭރަށްހިންގުން ފެތުރެމުންދާތީ ސަމާލުވާން އެޗްޕީއޭއިން އިލްތިމާސްކޮށްފި -- ފޮޓޯ/ މާނިއު މުހައްމަދު

މި ދުވަސްކޮޅު މޫސުމީ ރޯގާއާއި ބޭރަށްހިންގުމުން ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ނިމުނު ހަފްތާގައި ވެސް ވަނީ، މި ދުވަސްވަރު ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވަމުން އަންނަ ކަމަށާއި ބަލިތަކުން ރައްކާތެރިވުމަށް ގިނަގިނައިން އަތްދޮވުން އިތުރުކުރުމަށް އިލްތިމާސްކޮށްފައެވެ.

އެގޮތުން މާ ބޮޑަށް ވަރުދެރަވެ، ދިޔާތަކެތި ބޭނުންކުރެވޭ ވަރު މަދުވުމާއި އާދަޔާ ޚިލާފަށް ކަރުހިއްކުމާއި ބޮލަށް އެނބުރުން އެރުމާއި ގިނަގިނައިން ހޮޑުލެވޭނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.

https://sun.mv/227052

އެއަށްފަހު މިއަދު އެޗްޕީއޭއިން ވަނީ އަރިދަފުސް ރޯގާއާއި ބޭރަށްހިންގުން ފެތުރޭ މިންވަރު އިތުރުވަމުންދާ ކަމަށް ބުނެފައެވެ.

އެގޮތުން މި ދުވަސްވަރު ފެތުރެމުންދާ މޫސުމީ ރޯގާތަކާއި ބޭރަށްހިންގުމުން، ރައްކާތެރިކުރުމަށް ޓަކައި ސަމާލުކަންދޭންވީ ކަންތައްތައްވެސް އެޗްޕީއޭއިން ވަނީ އާންމުކޮށްފައެވެ. އެގޮތުން:

• ސައިބޯނިލައިގެން ގަވާއިދުން އަތްދޮވުމަށް އާދަކުރުން
• ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް ޓަކައި، ދުވާލުގެ އެކި ވަގުތުތަކުގައި ގިނައިން ދިޔާތަކެތި ބޭނުންކުރުން
• ރޯގާގެ އެއްވެސް އަލާމާތެއް ފެންނަނަމަ، މާސްކު އެޅުއްވުމަށް ސަމާލުކަން ދިނުން
• ހަށިގަނޑަށް އުނދަގޫވާނަމަ ނުވަތަ ބަލިވެ އުޅޭނަމަ، ބޭރަށް ނުނިކުމެ ގޭގައި މަޑުކޮށް އަރާމުކުރުން

ބޭރަށް ހިންގާނަމަ ކުރެވިދާނެ ބައެއް ކަންކަން:

  • ގިނަގިނައިން ލޮނުޕެކެޓް، ފެން އަދި ސޫޕް ފަދަ ދިޔާތަކެތި ބޭނުންކުރުން
  • ފާޚާނާ ކުރުމަށްފަހު ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން
  • ފާޚާނާ ބޭނުންކުރުމަށް ފަހު ރަނގަޅަށް ސެނިޓައިޒް ކުރުން
  • އަލާމާތްތައް ނުފެންނަތާ އެއް ދުވަސް ވަންދެން ދަރިވަރުން ސުކޫލަށް ނުފޮނުވުމާއި މަސައްކަތްތައް ނުނިކުމެ، ގޭގައި އަރާމުކުރުން
comment ކޮމެންޓް