ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރަމުން އަންނަ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުން މަސްދޯނިފަހަރަށް, ލީޓަރެއް 17 ރުފިޔާގެ މަގުން ޑީސަލް ވިއްކަން މިއަދު ފަށައިފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި، މިއަދުން ފެށިގެން މި އަގުގައި ތެޔޮ ލިބޭނީ މަސްވެރިކަން ކުރުމަށް ރަޖިސްޓަރީކޮށްފައިވާ އުޅަނދުތަކަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ދަ ހޯކްސްގެ 21 ފިއުލް ސްޓޭޝަނެއް ހުންނައިރު، އެ ހުރިހާ ތަނަކުން ވެސް މަސްދޯނިފަހަރަށް އެއް އަގެއްގައި ޑީސަލް ލިބޭނެކަން އެ ކުންފުނިން ފާހަގަކުރެއެވެ. ހޯކްސްގެ ސްޓޭޝަންތައް ހުންނަ ރަށްތަކުގެ ތެރޭގައި:
- ހއ. ހޯރަފުށި
- ދިއްދޫ
- އިހަވަންދޫ
- ށ. ފޭދޫ
- ނ. ވެލިދޫ
- ކެނދިކުޅުދޫ
- ރ. ހުޅުދުއްފާރު
- ބ. ކަމަދޫ
- ދަރަވަންދޫ
- ތުޅާދޫ
- ހުޅުމާލެ
- ތިލަފުށި
- އއ. ތޮއްޑޫ
- މ. މުލި
- ތ. ވިލުފުށި
- ލ. އިސްދޫ
- ހިތަދޫ
- ފޮނަދޫ
- ފުވައްމުލަކު ސިޓީގެ ދޫނޑިގަން އަދި ފުނާޑު
- ގދ. މަޑަވެލި
ދަ ހޯކްސް އިން ބުނި ގޮތުގައި، މި ސްޓޭޝަންތަކުން ޑީސަލް ގަންނަން ދާއިރު، އުޅަނދު ރަޖިސްޓަރީކޮށްފައިވާ ކަމުގެ ސައްހަ ލިޔެކިޔުންތައް މަސްވެރިން ގެންދަން ޖެހޭނެއެވެ.